ފެނަކަ ކުންފުނި ފަދަ ބޮޑެތި ކުންފުނިތައް އޮތީ ބޮއްސުންލާފަ: ޑރ. މުއިއްޒު

- ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު -

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފެނަކަ ކުންފުނި ފެނިގެންދަނީ އެއްކޮށް ބަނގުރޫޓު ވެފައިވާ ކުންފުންޏެއްގެ ގޮތުގައި ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަށްރަށުގެ ކަރަންޓުގެ މައްސަލައާއި ގުޅޭގޮތުން ޗެނަލް ތާރޓީންގެ ނިއުސް ޓޯކް ޕޮރްގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި ފެނަކަ ކުންފުންޏަކީ ރާއްޖޭގެ ރައްޔިތުންނަށް 24 ގަޑި އިރު ކަރަންޓު ޔަގީން ކޮށްދީފައިވާ ކުންފުންޏެއްކަމަށާއި އަދި ފައިދާ ނެރޭ ކުންފުންޏެއް ކަމަށެވެ.

އެހެންނަމަވެސް މިހާރު އެންމެ 6 މަސް ދުވަހުގެ ތެރޭގައި އެ ކުންފުނީގެ މަސައްކަތްތައް ބޮއްސުންލައިގެން ދިޔުމަކީ ސަރުކާރު އިންތިހާއަށް ފެއިލް ވުމުގެ ވަރަށް ވަރުގަދަ މިސާލެއްކަމަށެވެ. ކަރަންޓަކީ އެންމެ އަސާސި ޚިދުމަތަކަށްވާއިރު މި އަދު ފެނިގެންދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެ ހައްގުން ރައްޔިތުން މަހުރޫމްވެފައިވާ މަންޒަރުތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ ޕޮރްގްރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތީ ފިކުރު ތަފާތު ވިޔަސް އެއްވެސް މުވައްޒަފަކު ވަޒީފައިން ވަކިނުކުރާނެ ކަމަށާއި އަދި ވަޒީފާގެ ބިރެއް އެއްވެސް މީހަކަށް ނޯންނާނެކަމަށް ވިދާޅުވެފައިކަމަށެވެ. އެހެންނަމަވެސް ވެރިކަމުގައި ހޭދަވި 6 މަސްދުވަހުގެ ތެރޭގައި ފެނިގެންދަނީ ބަހާ އަަމަލާ ދިމާނުވާ މަންޒަރުތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ފެނަކަ ކޯޕަރޭޝަން އަދި އެމްޕީއެލް ފަދަ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުން ނުހައްގުން މީހުން ވަޒީފާއިން ވަކިކުރާ ކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް މުއިއްޒުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އެމްޑީޕީ އަށް މެޖޯރިޓީ އަދި ސަރުކާރު ހިންގުމުގެ ބާރު ލިބުމާއެކު ރައްޔިތުންގެ އުންމީދު ބޮޑުވެގެންގޮސްފައިވާ ކަމަށް ބަޔަކު ގަބޫލު ކުރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް މަޖިލީސް ހުވާ ކުރުމާއެކު ސަރުކާރަށް މަތިވެގެންދާނެ ބޮޑު ޒިންމާއަށް ސަރުކާރު ތައްޔާރުވެފައި ނެތްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އަދި މި ސަރުކާރު ފެނިގެންދަނީ ވަރަށް ދޯހަޅި ސިޔާސަތުތަކެއް ގެންގުޅޭ ސަރުކާރެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ޑރ. މުއިއްޒުވަނީ މި އަދުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އަޖައިބު 20 މެއި 2019 - 19:04

    މުއިއްޒުއެވެ ތިޔައީ ރައްޔިތުން ގަބޫލުކުރާމީހެއް ނޫންކަން އެނގޭ އިރުވެސް ޓީވީ ފްރޮގުރާމް ތަކަށް އަރައިތިޔަގޮވާގޮވެލި ދިވެހިން ގަބޫލެއްނުކުރާނެ 13އަކަށް މި ކޮމެންޓް ޖަހަން ނުކެރޭނެދޯ

ގުޅުން ހުރި
Loading...