9 އަހަރުގެ ކުއްޖާއާ ބެހުނު މައްސަލާގައި 71 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫގައި މިދިޔަ ހަފްތާތެރޭގައި އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް މިއަދު ހައްޔަރުކޮށްފައިވަނީ 71 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މައްސަލަ ޖެންޑަ މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާއިރު، މިނިސްޓްރީން ވަނީ އަންހެން ކުއްޖާގެ ބެލެނިވެރިކަން، ކުއްޖާގެ މަންމަގެ ފަރާތުން ނަގާފައެވެ.

ޗެނަލް ތާރޓީން އަށް މައުލޫމާތު ހިއްސާކުރަމުން ތިނަދޫ ރައްޔިތަކު ބުނީ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވެނީ ކުއްޖާގެ މަންމަގެ ލޯބިވެރިޔާއަށް ކަމަށެވެ. އެ މައްސަލައިގެ ތުހުމަތު އެ އަންހެން ކުއްޖާގެ ދެ ބޭބެ އަށްވެސް ކޮށްފައިވާއިރު އޭގެ ތެރެއިން އެއް ބޭބެގެ އުމުރަކީ 16 އަހަރު އަދި އަނެއް ބޭބެގެ އުމުރަކީ 13 އަހަރެވެ.

އެ މައްސަލަ މިދިޔަ ހަފްތާގައި ފެންމަތިވެފައިވާއިރު މައްސަލަ ހުށައެޅީ ވެސް ރަށުގެ އާންމު ރައްޔިތަކު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ކުޑަކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...