ޒަކާތް ދައްކަވާފައި ފޮޓޯ ހިއްސާ ކުރެއްވުމުން ނަޝީދަށް ފާޑު ކިޔައިފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު ނަޝީދު ފިތުރު ޒަކާތް ދެއްކެވުމަށްފަހު ސޯޝަލް މީޑިއާއަށް ފޮޓޯ ހިއްސާ ކުރެއްވުމުން އެބޭފުޅާއަށް ފާޑިޔުންތައް އަމާޒުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ނިކަމެތިން މަތިން ހަނދާންކޮށް، ފިތުރު ޒަކާތް ދެއްކުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ނަޝީދު ޒަކާތް ދައްކަވާ މަންޒަރު ފެންނަ ފޮޓޯވެސް ހިއްސާ ކުރައްވާފައިވެއެވެ.


ނަޝީދުގެ ޓްވީޓަށް ބައެއް މީހުން ވަނީ ފާޑު ކިޔާފައި

ނަޝީދުގެ ޓްވީޓަށް ޖަވާބު ދިން ބައެއް މީހުން ބުނީ ޒަކާތް ދިނުމަކީ މުހިންމު ކަމެއް ކަމަށާއި، އެހެންނަމަވެސް އެކަމަކީ ދެއްކުންތެރިކަމެއް އޮވެގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އޮންލައިންކޮށްވެސް ޒަކާތް ދެއްކޭއިރު، އިސްލާމީ މަރުކަޒަށް ވަޑައިގެން ޒަކާތް ދައްކަވަނީ، އެއީ ދެއްކުންތެރިކަމުގެ ސިފައެއް ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ. 

މީގެ ކުރިން، ނަޝީދު މިސްކިތަށް ވަޑައިގެން ނަމާދު ކުރައްވާ ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އެކަމާއި ގުޅިގެންވެސް ގިނަ ބަޔަކު އޭރު ނަޝީދުއަށް ވަނީ ފާޑުކިޔާފައެވެ. މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޙުސްނޫނު 20 މެއި 2019 - 16:06

    ޜޫހާނީ ލީޑަރ ފާޚާނާ ގައި އިންދާ ފޮޓޯނެގޭނަމަވެސް އެފޮޓޯތައް ޓްވީޓް ކުރާނެ. މީގެ ކުރިން ދުވަހަކުވެސް ފިތުރުޒަކާތް ދެއްކިތަޯ ސުއާލު އުފެދޭ!

ގުޅުން ހުރި
Loading...