ކޮންގްރެސް ޕާޓީއާއި ގުޅުމަށް އަބްދުއްރަހީމް ގޮވާލައްވައިފި

ދިވެހި ޤައުމުގެ ކުރިއެރުމާއި ތަރައްގީއަށް ލޯބި ކުރާ ފަރާތްތަކުން ކޮންގްރެސް ޕާޓީއާއި ގުޅުމަށް، އެޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޤައުމަށް ހެޔޮ އެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގަތުމަށް ގޮވާލާ ކަމަށެވެ. އަބްދުއްރަހީމް އެހެން ވިދާޅުވިއިރު، ކޮންގްރެސް ޕާޓީއިން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހެވާއި، ލާބަޔަށްޓަކައި ކަމަށް މީގެ ކުރިން އޭނާ ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމްއާއި ގުޅިގެން ވަރަށް ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކޮންގްރެސް ޕާޓީއިން މަސައްކަތް ކުރާނެ ކަމަަށެވެ.

އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓް.

އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގޮތް ނިންމާނެ ޕާޓީއަކީވެސް އެޕާޓީ ކަަމަށް އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

ކޮންގްރެސް ޕާޓީ އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އުފެއްދި ޕާޓީއެވެ. އެޕާޓީގެ ފިކުރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފިކުރު ކަމަށާއި، ކުރިއަށް އޮތްތަނުގައި އެމަނިކުފާނު އެޕާޓީއާއި ގުޅިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކޮންގްރެސް ޕާޓީއިން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...