ލަލީގާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަކަށް މިފަހަރުވެސް މެސީ

ހަވަނަ ފަހަރަށް ލަލީގާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ވަނީ ހޯދާފައި

ހަވަނަ ފަހަރަށް ލަލީގާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހޯދައިފިއެވެ.

ޕިޗިޗީ އެވޯޑު ހަ ވަނަ ފަހަރަށް މެސީ ހޯދިއިރު، މިއީ އޭނާއަށް އެ އެވޯޑު ޖެހިޖެހިގެން ލުބުނު ތިންވަނަ ފަހަރެވެ. ހަވަނަ ފަހަރަށް އެ އެވޯޑު ހާސިލް ކުރެވުމާއެކު މެސީ ވަނީ ރިކޯޑަކާއި ހަމަކޮށްފައެވެ. ލަލީގާގައި އޭނާ ވަނީ، 38 މެޗު ކުޅެ 36 ލަނޑު ކާމިޔާބުކޮށްފައެވެ. މި ސީޒަންގެ ލީގު ބާސާއިން ކާމިޔާބުކުރި އިރު، ރޭ ބާސާއިން ކުޅުނު ފަހު މެޗު ނިމުނީ ދޭއް ދޭއްގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

އެ މެޗުގައިވެސް ބާސާގެ ދެ ލަނޑު ޖެހީ މެސީ. ސީޒަންގައި 36 ލަނޑު އޭނާ ޖަހާފައިވާ އިރު، އެންމެ ގާތުން ވާދަކުރީ ބެންޒެމާއާއި ލުއިޒް ސުއަރޭޒްއެވެ. މިފަހަރުގެ އެވޯޑާއެކު މެސީ ވަނީ މީގެ 66 އަހަރު ކުރިން އެތުލެޓިކޯ ބިލްބާއޯގެ ޓެލްމޯ ޒާރާ ހަދާފައިވާ ރެކޯޑާ އެއްވަރު ކޮށްފައެވެ.

މިއީ މިހާތަނަށް ޕިޗިޗީ އެވޯޑު އެންމެ ބޮޑު ތަފާތަކުންވެސް ކާމިޔާބު ކުރި ފަހަރެވެ. މީގެ ކުރިން 1987 ވަނަ އަހަރު ހޫގޯ ސަންޗޭޒް އެވޯޑު ކާމިޔާބުކުރީ 14 ލަނޑުގެ ތަފާތުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...