ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނަން- ގޮތަބަޔާ

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް އެގައުމުގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ގޮތަބަޔާ ވިދާޅުވީ މިއަހަރުގެ ފަހުކޮޅުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. ގޮތަބަޔާ އެހެން ވިދާޅުވެފައިވާއިރު، މީގެ ކުރިންވެސް އޭނާ ލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އަޑު ފެތުރިގެން ގޮސްފައިވެއެވެ.

ލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަަމަލާތަކާއި ގުޅިގެން ވަރަށް ބޮޑަށް ހިތާމަ ކުރަައްވާ ކަމަށްވެސް ގޮތަބަޔާ ވަނީ ވިދާޅުވެފައެވެ. ލަންކާގެ ޑިފެންސް ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ގޮތަބަޔާއަށް ގިނަ ބައެއްގެ ތާއީދު ލިބިގެން ދިޔައީ، އޭނާ ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...