ހަތް ވަނަ ފަހަރަށް ބަޔާންއިން ބުންޑަސްލީގާ ކާމިޔާބުކޮށްފި

އެންޓްރެކްޓް ފްރޭންކްފާޓް ބަލިކޮށް ޖަރުމަން ބުންޑަސްލީގާ ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ބަޔާން މިޔުނިކުން ކާމިޔާބުކޮށްފިއެވެ.

ބަޔާންއިން ބުންޑަސްލީގާ ކާމިޔާބު ކުރީ ލީގުގެ އެންމެ ފަހުމެޗު ކާމިޔާބުކޮށްގެން ލީގުގެ ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑްގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ނަގައިގެންނެވެ. ލީގުގައި ރޭ ކުޅުނު ފަހު މެޗުން އެއްވަރު ވެގެންވެސް ބަޔާންއަށް ލީގު ޗެމްޕިއަންކަން ހޯދުނީހެވެ. އެހެންނަމަވެސް ރޭގެ މެޗުގައި އެ ކްލަބުން ވަނީ ތަފާތު ކުޅުމެއް ދައްކާ ބޮޑު ތަފާތަކުން މެޗުން މޮޅުވެފައެވެ.

އެގޮތުން ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީވެސް ބަޔާންއިންނެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމާންއެވެ. އޭގެ އިރުކޮޅެއް ފަހުން އެންޓްރެކްޓް ފްރޭންކްފާޓުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

އެ ލަނޑު އެޓީމަށް ޖަހައިދިނީ ސެބަސްޓިއަން ހެލާއެވެ. ބަޔާންއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ޑިފެންޑަރ ޑޭވިޑް އަލާބާއެވެ. ބަޔާންއިން މެޗުގައި ޖެހި އަނެއް ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ތިން ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.

އެއީ ފުރަތަމަ ހާފްގައި ގޮރެޓްޒްކާގެ ބަދަލުގައި ކުޅެން ނިކުތް ޕޯޗުގަލް މިޑްފިލްޑަރ ރިނާޓީ ސަންޗޭޒް އާއި އާރްޔަން ރޮބެން އަދި ފްރާންކް ރިބަރީއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...