ރައީސް ޔާމީން ތަރައްޤީކުރައްވަން ފެއްޓެވި މާވަރުލު އެއާޕޯޓު މިމަހު ނިމޭނެ: ޓްރާންސްޕޯޓު

ގދ.މާވަރުލު އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް މިމަހު ނިންމާނެކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތުގައި އެއަރޕޯޓުގެ ރަންވޭއާއި ޓެކްސީވޭއާއި ފްލައިޓްތައް ޕާކުކުރާ އޭޕްރަން ހެދުމުގެ މަސައްކަތް ކުރެވެއެވެ. މާވަރުލުގައި ތަރައްޤީކުރާ އެއަރޕޯޓަކީ ބާރަ ސަތޭކަ މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީ ކުރާ އެއާޕޯޓެކެވެ. މި އެއަރޕޯޓް ޚާއްސަކޮށްފައިވަނީ އެތެރޭގެ އުދުހުންތަކަށެވެ. މާވަރުލު އެއަރޕޯޓް މަޝްރޫޢުއަކީ 2011ވަނަ އަހަރުވެސް ކުރިއަށްގެންދިއުމަށް ނިންމާފައި އޮތް މަޝްރޫޢެކެވެ.

އެހެން ނަމަވެސް އެކިއެކި މައްސަލަތަކާހުރެ މަސައްކަތް ހަވާލުކުރި ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލާއި، ދިގު މުއްދަތެއް ވަންދެން އެއަރޕޯޓްގައި އެއްވެސް މަސައްކަތެއް ނުކޮށްވަނިކޮށް މާވަރުލުގައި އެއަރޕޯޓް ހެދުމުގެ މަސައްކަތް އަލުން ފަށާފައިވަނީ ރައީސް ޔާމީންގެ ޒައާމަތުގައި މިދިޔަ އަހަރުގެ މެދުތެރޭގައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދަނީ ރަންވޭގެ މަސައްކަތްކަމަށާ، މި މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ ދިވެހިންނަށް ހުރި ދަތިތައް ބައްލަވާ ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކަށް ރައްޔިތުންނަށް ހައްލެއް ގެނެސްދެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯރޓުތައް ތަރައްޤީ ކުރައްވަން ފެއްޓެވިއެވެ. އޭގެ ތެރޭގައި ގދ މާވަރުލުގެ އިތުރުން ށ.ފޮނަދޫ، ހދ. ކުޅުދުއްފުށި، ނ. މާފަރު އަދި ހއ މާފިނޮޅު އެއަރޕޯޓު ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...