އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑްގައި ކެޕްޓަން ހެރީކޭން ހިމަނައިފި

ކެޕްޓަން ހެރީކޭން

ނޭޝަންސް ލީގުގައި ވާދަކުރާ އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑްގައި ކެޕްޓަން ހެރީކޭން ހިމަނައިފިއެވެ.

ޓޮޓެންހަމުގެ ފޯވަޑް ޤައުމީ ޓީމުގައި ހިމެނިއިރު އޭނާ މިވަގުތު ހުރީ އަނިޔާގައެވެ. މީގެ އިތުރުން ކޭން ޤައުމީ ޓިމުގައި ހިމަނާފައި ވަނީ މިދިޔަ މާޗް މަހު ލިބުނު އަނިޔާ އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ރަނގަޅުވާނެ ކަމުގެ ޔަގީންކަމެއްވެސް ނެތް އިރު ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފައިވެއެވެ. ޤައުމީ ޓީމުގެ ކޯޗު ގެރެތް ސައުތްގޭޓް ބުނީ ކޭން ޓީމުގައި ހިމެނީ ކުޅެވޭނެ ކަމުގެ ޔަގީންކަން އޮވެގެން ނޫން ކަމަށެވެ. އަދި ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅެން ކޭން ފިޓްވާން މަސައްކަތް ކުރަމުން އަންނަކަމަށް ސައުތްގޭޓް ބުނެފައިވެއެވެ.

ކޭން އަށް އަނިޔާވެފައިވަނީ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި އެޕްރިލް މަހުގެ 12 ވަނަ ދުވަހު ކުޅުނު މެޗުގައި ކޭންގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެންނެވެ. ކޭން އަށް އަނިޔާވެފައިވަނީ ފައިގެ ކަކުލުގެ ލިގަމެންޓަށް. ކޭން ވަނީ މި ސީޒަންގައިވެސް 24 ގޯލް ޖަހާފައެވެ. ނޭޝަންސް ލީގަކީ ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިނުގަތަސް އެ މުބާރާތް ކާމިޔާބު ކުރެވުމަކީ ވޯލްޑް ކަޕް ކޮލިފައިންއާ ކުރިމަތިލާއިރު ލިބޭނެ ވަރަށް ބޮޑު އިތުބާރަކަށްވާނެ ކަމަށް އިނގިރޭސިން ދެކެއެވެ.

މިފަހަރުގެ ސްކޮޑުން ކޯޗު ސައުތްގޭޓު ފުރުސަތު ނުދިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ ލޫކް ޝޯ. އޭނާގެ ބަދަލުގައި ކޯޗު ފުރުސަތުދިނީ ލެސްޓަރ ސިޓީގެ ބެން ޗިލްވެލްއެވެ. މީގެ އިތުރުން ޗެލްސީގެ މިޑްފިލްޑަރ ރޮސް ބާކްލޭއަށްވެސް ކޯޗުވަނީ ފުރުސަތުދީފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...