މާބަނޑު އަންހެން ކުއްޖަކު މަރާލުމަށްފަހު ދަރިފުޅު ވަގަށް ނަގައިފި

މާލެން ލޮޕޭޒް. އޭނާ މަރާލުމަށްފަހު، ބަނޑުގައި އޮތް ދަރިފުޅު ވަނީ ނަގާފައި.

އެމެރިކާގެ ޝިކާގޯގައި މާބަނޑު އަންހެން ކުއްޖަކު މަރާލުމަށްފަހު އޭނާގެ ދަރިފުޅު ވަގަށް ނަގައިފިއެވެ.

މާލެން އޮޗޮއާ ލޮޕޭޒް ގެއްލިގެން އޭނާގެ އާއިލާއިން، އޭނާ ހޯދަން ފަށާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އުމުރުން 19 އަހަރުގެ މާލެން ގެއްލުނީ، އުފަންވާން ކުޑަ ދުވަސްކޮޅަކަށް ވެފައިވާ ފިރިހެން ދަރިފުޅަށް އަންނައުނު ބަލާ ދިޔަ ފަހުންނެވެ. ފޭސްބުކުން ދިމާވި އަންހެނަކު ވަނީ، ކުރިން ބޭނުން ކުރަން ހޯދާފައިވާ، އެހެންނަމަވެސް ބޭނުން ނުކޮށް ހުރި ބޭބީ ހެދުންތަކެއް އޭނާއަށް ދޭނެ ކަމަށް ބުނެފައެވެ. އެ އަންނައުނުތައް ބަލާ ދިޔަ ފަހުން މާލެން ފެނިފައެއް ނުވެއެވެ.

މާލެން މަރާލަން ރޭވި މީހާ ފޭސްބުކްގައި އޭނާއާއި ދައްކާފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓެއް.


އަންނައުނު ދޭނެ ކަމަށް ބުނި އުމުރުން 46 އަހަރުގެ އަންހެން މީހާ ވަނީ މާލެންގެ ކަރުގައި ހިފައި، އޭނާ މަރާލުމަށްފަހު ބަނޑުގައި އޮތް ކުއްޖާ ނަގާފައެވެ. އެކުއްޖާގެ ހާލަތު ނާޒުކު ކަމުން އެހީ ހޯދަން އެ އަންހެން މީހާ ގުޅީ ފުލުހުންނަށެވެ.

އަދި އެއީ އޭނާ ވިހެއި ކުއްޖެއް ކަމަށް ބުންޏެވެ. އެހެންނަމަވެސް ފުލުހުން ކުރި ތަހުގީގަށް އެނގުނު ގޮތުގައި އެ ކުއްޖާ އަކީ މާލެންގެ ކުއްޖެކެވެ. އެ ތުއްތު ފިރިހެން ކުއްޖާގެ ޑީއެންއޭ މާލެންގެ ޑީއެންއޭއާއި ދިމާވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ ތުއްތު ކުއްޖާއަށް މިހާރު އިމަޖެންސީ ފަރުވާ ދެމުން އަންނައިރު، އޭނާގެ ފުރާނަ ސަލާމަތްވާނެ ކަަމަކަށް ނުބެލެވެއެވެ.

ޒުވާން މާލެން މަރާލި އަންހެން މީހާއަށް އެކަމުގައި އެހީތެރިވެދިނީ އޭނާގެ އަންހެން ދަރިފުޅާއި ލޯބިވެރިޔާއެވެ. އެ 3 މީހުންވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މާލެންގެ ގާތިލު އެކަން ކުރީ ފިރިހެން ދަރިއެއް ބޭނުންވެގެން ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ. އޭނާއަށް ލިބުނު ފިރިހެން ދަރިފުޅު ވަނީ އުމުރުން 17 އަހަރުގައި މަރުވެފައެވެ.

މާލެންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި 3 މީހުން.

އުމުރުން އެންމެ 19 އަހަރުގައި މާލެން ދުނިޔެ ދޫކުރިއިރު، އޭނާގެ 3 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި، ފިރިއެއްވެސް ހުރެއެވެ. އޭނާގެ މަރާއި ގުޅިގެން، އާއިލާއަށް ބޮޑު ހިތާމައެއް ލިބިފައިވާއިރު، މުޅި ޝިކާގޯއަށްވެސް ވަނީ ސިހުން ލިބިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ކޮބާ ! 18 މެއި 2019 - 05:24

    ޢެމެރިކާގައިވެސް 18 އަހަރުނުވަނީސް ކައިވެނި ކުރެވެއެއްނު !!

ގުޅުން ހުރި
Loading...