ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމުގެ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން އީސީން ނިންމައިފި

ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އިންތިޚާބުތަކާއި ބޭހޭ ޤާނޫނަށް އިޞްލާޙުތައް ގެނައުމުގެ މަޝްވަރާ ބައްދަލުވުންތައް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

އެ ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި އިޞްލާޙުތައް ގެނައުމަށް ފަށާ މަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކާއި ކަމާއި ގުޅުންހުރި މުޢައްސަސާތަކުން ބައިވެރިވާނެ. އަދި އެ ބައްދަލުވުންތަކުގައި ގިނަ ކަންތައްތަކަކާއި ގުޅޭގޮތުން މަޝްވާރާ ކުރުމަށް ނިންމާފައިވާނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިޞްލާޙު ގެނެސްގެން ނަމަވެސް ޕާޓީތަކުގެ ކައުންސިލާއި ލީޑަރޝިޕުން 30 އިންސައްތަ އަންހެންނުނަށް ޚާއްސަ ކުރަންޖެހޭކަމަށެވެ. އަދި ޤާނޫނޫތަކަށް އިސްލާހު ހުށަހެޅުމަށް ބާއްވާ މަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކުގެ އިސް ސަފުން ވަކި މިންވަރެއް ކަނބަލުންނަށް ޚާއްސަކުރުމުގެ ޚިޔާލު ހުށަހަޅާނެ ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްލާހު ގަނައުމުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވަން އީސީން ނިންމަވާފައިވާއިރު، އެ ގާނޫނުތަކަށް ބަދަލު އަންނަން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ ބުނެފައެވެ. އަދި އަކްރަމްގެ ވާހަކަތަކަށް ތާޢީދު ކުރާކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...