ސަރުކާރު ކުންފުންޏެއްގެ އިސް މަގާމަކުން ފެނުން އެކަށީގެންވޭ: އީސީ ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާދެއްވުމަށްފަހު، މިސަރުކާރުގެ ކުންފުންޏެއްގެ އިސް މަޤާމަކަށްކަމަށް ވަޑައިގަންނަވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްވަމުން ޝަރީފު އެފަދައިން ވިދާޅުވެފައި ވީނަމަވެސް ވަޑައިގަންނަވަނީ ކޮން ކުންފުންޏެއްގެ، ކޮން މަޤާމަކަށް ކަމެއް ހާމަކުރައްވާފައި ނުވެއެވެ. އެ އިންޓަވިއުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ގިނަ ގޮންޖެހުންތަކާއިއެކީގައި އިލެކްޝަންސް ކޮމިޝަންގެ ޒިންމާތައް އަދާކުރެއްވުނުކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.

އަދި މެމްބަރުކަމުން އިސްތިއުފާ ދެއްވަން ނިންމެވީ މިނިވަން މުއައްސަސާއެއްގެ މެންބަރުކަމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭތީ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ޙިއްސާވާ ވިޔަފާރި ކުންފުންޏެއްގެ އިސް މަޤާމަކުން ފެނުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

2018ވަނަ އަހަރު އީސީގެ ރައީސް ކަމަށް އައްޔަން ކޮށްފައިވާ ޝަރީފު ކުއްލިއަކަށް އެ މަގާމުން އިސްތިއުފާ ދެއްވައި ސަރުކާރު ކުންފުންނެއްގެ އިސް މަގާމަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމުން އެތައް ބައެއްގެ ފާޑުކިޔުންތައް އޭނާއަށް ވަނީ ރައްދުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...