ގިނަ ބަޔަކު ހެލްތު މިނިސްޓަރ އަމީންގެ އިސްތިއުފާއަށް ގޮވާލައިފި

ހެލްތު މިނިސްޓަރ އަމީން

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ހިންގުމުގައި ހެލްތު މިނިސްޓްރީގެ ދައުރެއް ނެތް ކަމަށް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވުމާއި ގުޅިގެން ގިނަ ރައްޔިތުން މިނިސްޓަރގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.

ގިނަ ވައުދުފުޅުތަކާއެކު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވި ފަހުން ހަ މަސްދުވަސް ފާއިތުވެގެން ދިޔައިރު، ރާއްޖޭގެ ސިއްހީ ނިޒާމަށް އެދެވޭ ބަދަލެއް ގެންނަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ގިނަ ބަޔަކު ބުނަމުން ދަނިކޮށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަމީން ވަނީ އައިޖީއެމްއެޗް ހިންގުމުގައި ހެލްތު މިނިސްޓްރީގެ ދައުރެއް ނެތް ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ އެހެން ވިދާޅުވުމާއެކު، ގިނަ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި މިނިސްޓަރަށް ފާޑު ކިޔާ، އެބޭފުޅާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އެގޮތުން، އައިޖީއެމްއެޗްގެ ކަންކަމުގައި ހެލްތު މިނިސްޓްރީގެ ދައުރެއް ނުވާނަމަ، ހެލްތު މިނިސްޓްރީ ހިންގެވުމުގައި އަމީންގެ ދައުރެއް ވޭތޯވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ. އަދި ކަމެއް ނުކުރެވުނަސް މަގާމެއް ލިބިވަޑައިގެންފިނަމަ ހަވާލުވާން ޖެހޭނެ ކަމަށް ބުނެވެސް ބައެއް ފަރާތްތަކުން މިނިސްޓަރ އަމީނަށް ވަނީ ފާޑު ކިޔާފައެވެ.

ހެލްތު މިނިސްޓަރަށް ފާޑު ކިޔާ، މީހަކު ކުރި ޓްވީޓެއް.

މީގެ އިތުރުން، އައިޖީއެމްއެޗްގެ ކަންކަމުގައި ބަސް ބުނެވޭނީ ކާކަށްކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށާއި، އެކަން ނުކުރެއްވޭނަމަ، އަމީން މަޤާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗް ހިންގުމުގައި ހެލްތު މިނިސްޓްރީގެ ދައުރެއް ނެތް ކަމަށް ވިދާޅުވެ، އެ ހޮސްޕިޓަލްއާއި ބެހޭ މައުލޫމާތުތައް މީޑިއާއަށް ސާފުކޮށްދިނުމަށް ހެލްތު މިނިސްޓްރީގެ އޮފިޝަލުން ނުކުޅެދިފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ކަންކަން އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމްއަށް އެނގިވަޑައިގެންނެވިކަންވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.

އެކަމާއި ގުޅިގެން ޗެނަލް13އާއި ވާހަކަ ދައްކަވަމުން، ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ އައިޖީއެމްއެޗްއާއި ގުޅޭ ކަންކަން ހެލްތު މިނިސްޓަރަށް އެނގިވަޑައިނުގަތުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އެކޮއި 17 މެއި 2019 - 22:34

    އަމީނުގެ އިސްތިއުފާއައް ގޮވުމަކީ މައްސަލައެއް ނޫން އަމީނުއައް ނުކުރެވޭވަރުގެ ކަންތަށްތަކާހަވާލުވީމާ ގޮވާނެއިސްތިފާއައް

ގުޅުން ހުރި
Loading...