އެސްޓީއޯގެ ހިއްސާއަކަށް ފަންސާސް އަށް ރުފިޔާ ބަހަން ނިންމައިފި

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން. ފޮޓޯ:ޕީއެސްއެމް

އެސްޓީއޯގެ ހުސްވިއަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ނިއްމައިފިއެވެ.

ހިއްސާ އަކަށް ފަންސާސް އަށް ރުފިޔާ ބަހަން ނިންމީ ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި. ހިއްސާދާރުންގެ ވޯޓުން މިގޮތަށް ފާސްކޮށްފައިވާއިރު މީގެ ކުރިން ޑިރެކްޓަރުންގެ ބޯޑުންވެސް ނިންމާފައިވަނީ ހިއްސާއަކަށް ފަންސާސް އަށް ރުފިޔާ ބަހާ ގޮތަށެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ނިންމާފައިވަނީ، ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ އިއްތިފާގުންނެވެ. އެ ޖަލްސާއަށް ހާޒިރުވި އެސްޓީއޯގެ ހިއްސާދާރުންގެ އަދަދަކީ ފަސް ސަތޭކަ ހަތަރު ހިއްސާދާރުންނެވެ.

ރޭގެ ޖަލްސާގައި ކުރިއަށްއޮތް އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލްކުރާނޭ ޑިރެކްޓަރަކަށް ހޮވާފައިވަނީ، އާމިނަތު ރުޝްމާއެވެ. އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރަކު ހޮވުމަށް ކުރިއަށްގެންދިޔަ ވޯޓުގައި ސަރުކާރުން ބައިވެރިވެފައެއް ނުވެއެވެ. ޖަލްސާގައި ކުރިއަށްއޮތް އަހަރަށް އެސްޓީއޯގެ އޮޑިޓަރެއްގެ ގޮތުގައި އައްޔަނުކޮށްފައިވަނީ، ކޭޕީއެމްޖީއާއެވެ.

އަދި އޮޑިޓަރުގެ ފީއަކަށް ކަނޑައަޅާފައިވަނީ އަހަރަކަށް ސާޅިށް ނުވަ ހާސް އަށް ސަތޭކަ ވިހި އެމެރިކާ ޑޮލަރެވެ. ރޭ ބޭއްވި އެސްޓީއޯގެ 2018 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުންގެ ސުވާލުތަކަށްވެސް ޑިރެކްޓަރުންގެ ބޯޑުން ޖަވާބުދީފައިވެއެވެ.

އެގޮތުން އެ ޖަލްސާގައި އާއްމު ހިއްސާދާރުންގެ މައިގަނޑު ކަންބޮޑުވުންތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އެސްޓީއޯއިން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ސިޓީ ހޮޓާ ނުހެދި ލަސްވާ މައްސަލައާއި، އެސްޓީއޯގެ ފައިދާ އަހަރަކަށްވުރެ އަހަރެއް ދަށަށްދާ މައްސަލައެވެ. އެސްޓީއޯ ގްރޫޕަށް 2018 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 9.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި މުއްދަތުގެ ތެރޭގައި ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ، 224 މިލިއަން ރުފިޔާއެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި ސަރުކާރު ހިއްސާވާ ކުންފުނި ތަކަކީ ނަތީޖާ ނެރޭ ފައިދާވާ ކުންފުނިތަކަށް އެމަނިކުފާނު ހައްދަވައި ދެއްވިއިރު އޭގެ ތެރޭގައި އެސްޓީއޯ ވެސް ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...