މި ސަރުކާރުގައި އާންމުންނަށް ފޯރުކޮށްދެން ޖެހޭ ޞިއްޙީ ޚިދުމަތް ފޯރުކޮށް ނުދެވޭ: އަމީން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހުގެ ސަރުކާރުގައި ރައްޔިތުންނަށް ފޮރުކޮށްދޭން ޖެހޭ ޞިއްޙީ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ނުދެވޭ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އިއުތިރާފު ވެވަޑައިގެންފިއެވެ.

ރޯޝަނީ ބިލްޑިންގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ސިއްހީ ހިދުމަތްތަށް ރައްޔިތުންނަށް ދިނުމުގައި ލަސްތަކެއް ހުރެދާނެ ކަމަށް. ނަމަވެސް މިހާރު އެ މިނިސްޓްރީން ދަނީ ރަށްރަށުގެ އިތުރުން އައިޖީއެމްއެޗުގެ ވެސް ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރެވެމުން ކަމަށް. އެގޮތުން ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ދިމާވެފައިވާ ހުރިހާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ މި ސަރުކާރުގައި އެކި އެކި ނުފޫޒު ހެލްތު ސެކްޓަރ އަށް ވަންނަމުން ދާ ކަމަށެވެ. އަދި އެގޮތަށް އެކަން ވަނީކަމުގައި ވާނަމަ ހެލްތު ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށް ދޭންޖެހޭ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުވައި ދިނުމުގައި ދަތިތަކާ ކުރިމަތި ލާން ޖެހޭނެ ކަމަށް މިނިސްޓަރ އަމީންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. ފަހަކަށް އައިސް ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ފެންވަރާ ގުޅިގެން ދިވެހިންގެ ހިތްހަމަ ނުޖެހުންތަކެއް ހުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ރައްޔިތުން އިހުތިޖާޖުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ނިމިދިޔަ ފަސް އަހަރަކީ ޞިއްޙީ ދާއިރާއިން އިންގިލާބީ ބޮޑެތި ބަދަލުތަކެއް ދިވެހި ރައްޔިތުންނަށް ގެނެސްދެއްވި ފަސް އަހަރެވެ. އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭ އެތައް ބަލިތަކަކަށް ރާއްޖޭގައި ތިބެގެން ފަރުވާ ހޯދޭނެ އިންތިޒާމްތައް ވަނީ ފަހިކޮށްދެއްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...