ސަރުކާރުގެ މައި ހޮސްޕިޓަލުގެ ކަންކަން ކުރިއަށްދަނީ ރައީސް އޮފީހުގެ ބެލުމުގެ ދަށުން: އަމީން

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

ޞިއްހީ ކަންތައްތައް ބަލަހައްޓަން ވުޒާރާއެއް އޮތް ނަމަވެސް ސަރުކާރުގެ މައި ހޮސްޕިޓާލުގެ ކަންކަނޮ ކުރިއަށް ދަނީ ރައީސް އޮފީހުގެ ބެއްލެވުމުގެ ދަށުން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވީ ޤައުމުގެ ޞިއްހީ ހާލަތާމެދު އެތައް ބަޔަކު ސުވާލު އުފައްދަމުން އަންނަނިކޮށް ޞިއްޙީ ދާއިރާއާ ގުޅިގެން ނޫސްވެރިންގެ ހުރި ސުވާލުތަކަށް އަމާޒުކޮށް ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ސަރުކާރުގެ މައި ހޮސްޕިޓަލުން ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރާމެދު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވިއެވެ.

އައިޖީއެމް ހޮސްޕިޓަލުގެ ކަންކަން ބަލަހައްޓަނީ ހެލްތު މިނިސްޓްރީން ނޫން ކަމަށާއި އެ ހޮސްޕިޓަލުގެ ކަންކަން ހަވާކު ކުރެވިފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރަކާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީއެއް އޮވެމެ ހޮސްޕިޓަލެއްގެ ކަންކަން ރައީސް އޮފީހުން ބަލަހައްޓަން ޖެހޭ ސަބަބަކީ ކޮބައިތޯ ނުސްވެރިޔާ އެހުމުން ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ކޮންމެ ސަރުކާރެއްގައިވެސް ސިޔާސަތު ތަކެއް އޮންނާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މި ސަރުކާރުގައި ރައްޔިތުންނަށް ދޭން ޖެހޭ އެންމެ ފުރިހަމަ ޞިއްޙީ ނިޒާމު ފޯރުކޮށް ނުދެއްވޭ ކަން ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެކަންކަން ހައްލުކޮށް ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން މަސައްކަތް ކުރައްވަނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީން ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލައިގެން ބައްދަލުވުމެއް ކުރިއަށް ގެންދިޔަ މި ދަނޑިވަޅަކީ ރާއްޖޭގެ ޞިއްޙީ ނިޒާމާ މެދު ރާއްޖެގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އެތައް ރައްޔިތުންތަކެއް ހިތްހަމަނުޖެހުންތަކެއް ހުރި ދަނޑިވަޅެއްގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...