އަބްދުއްރަހީމުގެ މަޖާޒީ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެއްޖެ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މަޖާޒީ ފާޑުކިޔުންތަކެއް މިއަދުގެ ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގެންގުޅެން ނޭނގިއްޖެނަމަ ތަކުލީފަކަށް ވާނީ މަހާ ޖައްރާފާ އެކަނި ނޫން ކަމަށާ ނުހަނު ލޯބިން ގެންގުޅޭ އަނބިމީހާ ވެސް ގެންގުޅެން ނޭނގޭ މީހަކަށް ނުވަތަ ބަޔަކަށް އެ އަނބިމީހާވެސް ވާނީ ތަކުލީފަކަށް ކަމަށެވެ. މަހާ ޖައްރާފާއާ ގުޅުވައިގެން މަޖާޒީ ފާޑުކިޔުމަކާއެކު އަބްދުއްރަހީމު ޓްވީޓު ކުރައްވާފައިވަނީ އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހް މީޑިއާއެއްގައި ވާހަކަ ދައްކަވަމުން މަހާޖައްރާފު އަކީ އެމްޓީސީސީ އަށް އޮތް ތަކުލީފެއް ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ޝާހް ވަނީ މިދިޔަ އަހަރު ސަރުކާރުން އެމްޓީސީސީ އާއި މަސައްކަތް ހަވާލު ކުރި ނުއަގުގައި ކަމަށާއި އަދި ކުރި ބައެއް މަސައްކަތްތަކަށް ފައިސާ ވެސް ނުލިބޭ ކަމަށް ވިދާޅުވެ، އެންމެ ފަހު ކުއާޓާގައި އެކުންފުންޏަށް ލިބުނު ފައިދާ ދަށްވެފައިވުމުން އެކަމުގެ ޒިންމާ ނިމިދިޔަ ސަރުކާރުގައި އެޅުވުމުގެ މަސައްކަތް ކުރައްވާފައެވެ. އަހަރު ތަކަކަށް ފަހު އެންމެ ފަހު ކުއާޓަރުގައި އެމްޓީސީސީ އަށް ލިބުނު ފައިދާ ދަށްވިއިރު 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައިއިރު އެމްޓީސީސީ އަކީ އެންމެ ފައިދާވާ އެއް ކުންފުނި. ނަމަވެސް އެފަހަރު ވެސް ޖެހިގެން އައި އަހަރު ތަކުގައި އެކުންފުންޏަށް ގެއްލުމާއި ކުރިމަތިލާން ޖެހުނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މަހާޖައްރާފު އެމްޓީސީސީ އަށް ގަނެ، ކުންފުނީގެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާ ކޮށް ކުންފުންޏަކީ ފައިދަ ނެރޭ ކުންފުންނަކަށް ހައްދަވާ ދެއްވިއެވެ. އަދި މަހާޖައްރާފު ބޭނުންކޮށްގެން ރާއްޖޭގެ އެތަކެއް މަޝްރޫޢުތަކެއް ހިނގާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...