މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި

އެޑިޔުކޭޝަންގެ ނާއިބުގެ މަގާމަށް އައްޔަންކުރި މުޙައްމަދު އިޙްސާން. ފޮޓޯ:ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

އެގޮތުން އެ މަޤާމަށް އައްޔަންކޮށްފައިވަނީ މުލަކަތޮޅު ދިއްގަރު ޕްރޭމްނަގަރު، މުޙައްމަދު އިޙްސާންއެވެ. މުޙައްމަދު އިޙްސާނަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ޑިޕްލޮމާ އިން ޓީޗިންގ، މިޑްލް ސްކޫލް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު އިޙްސާން މިހާތަނަށް ހުންނެވީ މަޖީދިއްޔާ ސްކޫލްގެ މެތަމެޓިކްސް ޓީޗަރެއްގެ މަގާމުގައެވެ. އެޑިއުކޭޝަން މިނިސްޓްރީގައި މިބަގުތު ނާއިބަކަށް ހުންނެވީ ޝަރުމާ ނަޞީރު އެކަންޏެވެ. މި ސަރުކާރުގައި މިނިސްޓަރުންގެ ނާއިބުގެ ފެންވަރުގައި 64 ބޭފުޅަކު ވަނީ އައްޔަން ކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...