ހާއްސަ އެހީއަށް ބޭނުންވާ އަންހެން މީހާއަށް އަނިޔާކުރި މީހުން ހޯދާނަން: ޖެންޑަރ މިިނިސްޓަރ

ހާއްސަ އެހީއަށް ބޭނުންވާ އަންހެން މީހަކަށް އަނިޔާ ކުރި މީހުން، އިންސާފުގެ ކުރި މައްޗަށް ގެންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ށ. ފޭދުގައި ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ އަންހެން މީހެއްގެ ފޮޓޯތައް މީސްމީޑިއާގައި އާއްމުވެފައިވާއިރު އެ ފޮޓޯީތަކުން ފެންނަގޮތުގައި އޭނާގެ ބޮލަށް ގޯންޏެއް މަހައި ހޮޅިދަނޑިއެއްގައި ވަނީ އައްސައި އަނިޔާކޮށްފައެވެ.އެހާދިސާގެ ރިޕޯޓް ޖެންޑާ މިނިސްޓްރީ އަށް ހުށެހެޅުމުން އޭނާ، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާއިން ވަނީ ބުނެފައެވެ.

އެ މައްސަލއާއި ގުލިގެން ޖެންޑަރ މިނިސްޓަރ ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އަންހެން މީހައަށް އަނިޔާ ދިން ކަމުގެ މައްސަލައިގެ ރިޕޯޓް ލިބުމާއެކު އެމީހައަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށް ދޭން ފަށައިފައިވާ ކަމަށެވެ. އަދި އެ އަނިޔާވެރި އަމަލު ހިންގި ފަރާތެއް ހޯދައި އެމީހަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައާއި ގުޅިގެން އެރަށުގެ ބައެއް ފަރާތްތަކުން ދަނީ އެމީހާގެ ވާހަކަތައް ކަމާ ބެހޭ ފަރާތްތަކާއި މީގެ ކުރިންވެސް ހިއްސާ ކޮށްފައިވާ ކަމަށާއި ނަމަވެސް އެދެވޭ ފިޔަވަޅެއް އަޅާފައި ނުވާކަމަށް ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...