މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމަށް އަމަލު ކުރަން ފަށާނީ ހަމަސް ދުވަސް ފަހުން ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ނިންމާފައިވަނީ ރޭ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 8 މެމްބަރުންގެ އިއްތިފާގުން ކަމަށްވާއިރު އެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު އަދި ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ބައިވެރިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ހުށަހަޅާފައިވަނީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު ހުސައިން ޝަރީފުއެވެ.

އާއްމުން އެއްވެ އުޅޭ ތަންތާގައި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ މަނާކަމަކަށްވާއިރު މިހާރުވެސް ބައެއް ހޮޓާ ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ޖޫރިމަނާ ކުރެއެވެ. އެގޮތުން އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރާ ފަރާތްތައް ޖޫރިމަނާ ކުރަނީ 500 ރުފިޔާއިންކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...