ޑރ ޖަމީލު ރައީސް ޔާމިންއާއެކު ޕީޕީއެމްގެ ތަރާވީހެއްގައި ބައިވެރިވެވަޑައިގެންފި

ޕީޕީއެމްގެ ތަރާވީހުގައި ނިހާން އާއި ޑރ.ޖަމީލު ސަލާންކުރައްވަނީ

ކުރީގެ ނައިބު ރައީސް ސަރުކާރު ކޯލިޝަންއަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ މުޙައްމަދު ޖަމީލު އިދިކޮޅު ޕީޕީއެމްއިން ބޭއްވި ތަރާވީހެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ތަރާވީހަކީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިން އަބްދލްޤަައްޔޫމްވެސް ބައިވެރިވެ ވަޑައިގެން ތަރާވީހަކަށް ވާއިރު މީގެ ކުރިން ޑރ ޖަމީލު ވަނީ ޕީޕީއެމްއާއި ގުޅުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ.ޑރ ޖަމީލުއަކީ ރައީސް ޔާމިންއާއެކު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އެމަނިކުފާނުގެ ނައިބު ރައީސްވެމެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއް ޕާޓި ޖޭޕީއަށް ނިސްބަތްވެ ވަޑައިގެން ނަމަވެސް ކުރީގެ ރައީސް މުޙައްމަދު ނަޝިދު ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ޑރ ޖަމީލު ވަނީ ނުރހުން ފާޅުކުރައްވާ ފާޅުގައި އެކަމަށް ނޫނެކޭ ވިދާޅުވެފައެވެ. އެމްޑީޕީއަށް ވެރިކަން ލިބި މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު ސަރުކާރުގެ ހިންގުން ރަނގަޅުނޫން ކަމަށް ފެންނާތީ ސަރުކާރު ކޯލިޝަންގެ ގިނަ ބޭފުޅުން އިދިކޮޅު ކޯލިޝަން ޕްރޮގްރެސިވް ކޮންގްރެސްއާއި ގުޅުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމިން ބައިވެރިވެވަޑައިގެން ބޭއްވި ތަރާވީހުގައި ޑރ ޖަމީލުއާއެކު ނެންގެވި ފޮޓޯއެއް ޓުވީޓު ކުރައްވާ ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާނު ވިދާޅުވީ ޖަމީލަކީ ސިޔާސީ ގޮތުން ވަރަށް ވަރުގަދަ ބޭފުޅެއް ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި ޑރ ޖަމީލު އެ ތަރާވީޙަށް ވަޑައިގެންނެވީ ޕީޕީއެމްގެ ލީޑަރޝިޕުން ދައިވަތު ދެއްވައިގެންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...