ރައީސް ސާލިހުގެ ސަރުކާރުގައި ތިނަދޫ ހޮސްޕިޓަލްގެ އެކްސްރޭ މެޝިން ހަލާކުވެފައި ހުންނަތާ 3 މަސް

- ފޮޓޯ - ޗެނަލް ތަރޓީން

ރައީސް ސާލިހުގެ ސަރުކާރުގައި ތިނަދޫ ހޮސްޕިޓަލްގެ އެކްސްރޭ މެޝިން ހަލާކުވެފައި ހުންނަތީ އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަންފަށައިފިއެވެ.

ފާއިތުވެގެން ދިޔަ ފަސް އަހަރަކީ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބޮޑެތި ކުރިއެރުން ތަކެއް ލިބުނު ފަސް އަހަރުކަމީ އެ ރަށުގެ ރައްޔިތުންގެ އިތުރުން އެ ހޮސްޕިޓަލުގައި މަސައްކަތްކުރި މުވައްޒަފުންވެސް ދެބަސްވާނެ ކަމެއްނޫނެވެ.

އަތޮޅުތެރޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ޚިދުމަތް ހޯދުމުގައި ލުއި ފަސޭހަކޮށްދެއްވުމަށްޓަކައި ފާއިތުވި ސަރުކާރުން ވަނީ އަތޮޅު ފެންވަރުގައާއި ރަށުފެންވަރުގައި އެކަށީގެންވާ ޚިދުމަތްތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާފައެވެ. އެގޮތުން ތިނަދޫއަކީވެސް މިސަރުކާރުން ތަރައްގީގެ އެކި އެކި މަޝްރޫއުތަކާއިއެކު ސިއްޚީ ޚިދުމަތްރަނގަޅުކުރުމަށް ޕްރޮޖެކްޓްތަކެއް ހިންގާފައިވާ ރަށެކެވެ.

ސިއްޚީ ދާއިރާ ތަރައްގީ ކުރުމަށް ރައީސް ޔާމީން ފެއްޓެވި މަސައްކަތުގެ ދަށުން އެ ހޮސްޕިޓަލަށްވެސް އިންގިލާބީ ބޮޑެތި ކުރިއެރުންތައް ލިބިފައެވެ. އެގޮތުން ވޭތުވެދިޔަ ސަރުކާރުތަކުގައި ނުލިބޭ ފަދަ ޚިދުމަތްތަކާއި، މެޝިނަރީތަކާއި ސްޕެޝަލިސްޓް ޑޮކްޓަރުން ހޮސްޕިޓަލުގައި އޭރު ތިބިއެވެ.

އަތޮޅުތެރެއިން ލިބޭ ސިއްހީ ޙިދުމަތް ރަނގަޅުވުމުގެ ވުމުގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަށް ކުރިއާއި އަޅާބަލާ އިރު އިތުރުކަމަށްވެސް އެރަށުގެ ރައްޔިތުން ބުނެއެވެ. ގއ. އަދި ގދ.ގެ ރަށްތަކުން ޚިދުމަތް ހޯދާ ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކުރިން ނުލިބޭ އެތަކެއް ޙިދުމަތް ތަކެއް އާއްމު ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ ފެންވަރެއްގައި ފާއިތުވި ސަރުކާރުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

އަދި ހޮސްޕިޓަލުން ޙިދުމަތް ހޯދާ ފަރާތްތަކުގެ ޝަކުވާތަށް މަދުވެފަ އޭރު ލިބުނު ޚިދުމަތްތަކަށް ރައްޔިތުން ތިބީ ނުހަނު އުފަލުންނެވެ. ޑރ. އަބްދުއްސަމަދު ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ހެދި، ރަނގަޅު ފެންވަރުގެ އެމްބިއުލާންސް ތަކާއި ފަރުނީޗަރުތައް އަދި މެޝިނަރީތައްވެސް ގާއިމްވެފައިވާ ހޮސްޕިޓަލަކަށް ވެގެން ދިޔައީ ކުރީ ސަރުކާރުން ކުރި މަސައްކަތަކުންނެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިންތިނަދޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވީ ލޭއަޅާ ކުދިންނަށް ލޭ އެޅޭނެ ގޮތާއި އެކި ކަހަލަ ތެރަޕީތަކާއި ދަތުގެ ފަރުވާ އަދި މޯޗަރީ ގެ ޙިދުމަތް ހޮސްޕިޓަލުން ލިބެން ނެތުމެވެ.

ނަމަވެސް ރައީސް ޔާމީން ސަރުކާރުން އެ ޝަކުވާތަކަށްވެސް ހައްލު ވަނީ ހޯއްދަވައިދެއްވާފައެވެ. ދުއިސައްތަ އަށް ވުރެ ގިނަ މުއައްޒަފުންނާއެކު ޙިދުމަތްތައް ފޯރޮކޮށްދޭ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ދުވާލެއްގެ މައްޗަށް އެތައް ހާސް ރައްޔިތުންތަކަކަށް ޚިދުމަތް ފޯރުކޮށްދެމުންދާ ހޮސްޕިޓަލަކަށްވެފަ ވާއިރު މިހާރު ރައްޔިތުންގެ ޝަކުވާއަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އެކްސްރޭ މެޝިން ހަލާކުވެފައި ހުންނަތާ ބަރާބަރު ތިން މަސްވި ވާހަކައެވެ.

ތިނަދޫ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ އެކްސްރޭ މެޝިން ހަލާކުވެގެން މާލެއިން ބަޔޯ މެޑިކަލް ޓީމެއް އައިސްގެން އެ މެޝިންގެ ޕާޓްސްތައް ނަގައިގެން ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް މެޝިނުގެ އެއްވެސް ވާހަކައެއް ކަމާ ބެހޭ ފަރާތްތަކުން ނުދައްކާ ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.

ރައީސް ސާލިހުގެ ސަރުކާރު 100 ދުވަހުގެ ތެރޭގައި ފުއްދަވައިދެއްވާނެ ކަމަށް ވައުދުވި ސިއްހީ ދާއިރާ ފެންނަން އޮތީ ހެލޭ ދަތަކަށްވުރުވެސް ހާލަތު ދަށްކޮށްކަމަށް ތިނަދޫ ރައްޔިތުން ބުނެއެވެ. ތިނަދޫގެ ހޮސްޕިޓަލްއިން އެކްސްރޭގެ ހިދުމަތް މިވަގުތު މެދުކެނޑިފައިވާތީ އެރަށުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު ސަރުކާރު ހަމަ ނިދީގައި އޮންނަކަމީ ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ޚީދުމަތުން މަހުރޫމްވެފައިވާ ކަމެކެވެ.

ހަލާކުވެ ނިމިދާ މެޝިނަރީޒް ނުވަތަ އެހެނިހެން ބާވަތްތައް ހޯދުމަށްޓަކައި ރަށްރަށުގެ ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކުން އަންނަނީ ސަރުކާރުގައި ސަލާންޖަހަމުންކަމަށް އާންމު ރައްޔިތުން ބުނަންފަށައިފިއެވެ. އަދި ސަރުކާރުގެ މުޅި ސިއްހީ ނިޒާމު އެއްކޮށް ފެއިލްވެ ނިކަމެތި ރައްޔިތުން ސިއްހީ ފަރުވާ ހޯދުމުގައިވެސް އާދޭސް ދައްނަވާ ހިސާބަށް ގައުމު ހިނގައްޖެ ކަމަށްވެސް ރައްޔިތުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...