ޓީޓީއެމް 2019ގެ ގޯލްޑް ޕާޓްނަރަކަށް އެޗްއާރުއެސް އިން ސޮއިކޮށްފި

ޓްރެވެލް ޓްރޭޑް މޯލްޑިވްސް ފެއާރގެ ގޯލްޑް ޕާޓްނަރަކަށް ހޮސްޕިޓަލިޓީ އެންޑް ރީޓެއިލް ސިސްޓަމްސް އިން ސޮއިކޮށްފިއެވެ.

ގޯލްޑް ޕާޓްނަރަކަށް ވުމުގެ އެއްބަސްވުމުގައި އެޗްއާރްއެސް އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މެނޭޖަރު، އަބްދުﷲ މުހައްމަދެވެ. އަދި ޓީޓީއެމް އިވެންޓް އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ ހުސައިން ސަނީ އުމަރެވެ.

އެޗްއާރުއެސް އަކީ ބައިނަލްއަގްވާމީ ފެންވަރުުގައި އައިޓީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެެކެވެ. މިއަހަރުގެ ޓީޓީއެމް ފެއަރ ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނޭ ކަމަށް މި ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ. މިއަހަރުގެ ޓީޓީއެމް ފެއަރ ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް މޯލްޑިވްސް ގެޓަވޭޒްއިން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...