ޒަކާތުގެ ގޮތުގައި ފަސްލައްކައަށް ވުރެ ގިނަ ރުފިޔާ ބަލައިގެންފި

ޒަކާތުގެ ގޮތުގައި ފަސްލައްކަ ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އަންގާރަ ދުވަހާ ހަމައަށް ޒަކާތުގެ ގޮތުގައި ފަސްލައްކަ ފަންސާސް ހަތްހާސް ތިންސަތޭކަ ސާޅީސް ރުފިޔާ ބަލައިގެންފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓްރީ މެދުވެރިކޮށް ޒަކާތުގެ ގޮތުގައި ދެލައްކަ ނުވަދިހަ ނުވަހާސް ނުވަސަތޭކަ ސާޅީސް ފަސް ރުފިޔާ ދައްކާފައިވާއިރު ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 1،53940 ރުފިޔާ އަންގާރަ ދުވަހާ ހަމައަށް ވަނީ ދައްކާފައެވެ.

މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ޒަކާތް ދެއްކި ފަރާތްތަކުން މިހާތަނަށް 9395 ރުފިޔާ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން މެދުވެރިކޮށް 30،340 ރުފިޔާ ވަނީ ޒަކާތުގެ ގޮތުގައި ދައްކާފައެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރި ކޮށް ޒަކާތުގެ ގޮތުގައި ތެއްތިރީސް ހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ވަނީ ދައްކާފަމީގެ އިތުރުން ދިރާގު މެދުވެރިކޮށް ޒަކާތުގެ ގޮތުގައި 16،755 ފަސް ރުފިޔާ އަދި އުރީދޫ މެދުވެރިކޮށް ތޭރަ ހާސް ހަތަރުސަތޭކަ އައްޑިހަ ވަނީ ޒަކާތުގެ ގޮތުގައި ދައްކާފައެވެ.

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ރަށެއްގައި ބަނޑު ކެއުމުގެ ގޮތުގައި އާންމުކޮށް ކައިބޮއި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގު ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިން ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މާލޭ ސިޓީގައި ދިރިއުޅޭ މީހުން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ އާދައިގެ ހަނޑޫނަމަ 15 ރުފިޔާއެވެ. އަދި ތައިލެންޑު ހުދު ހަނޑޫނަމަ 45 ރުފިޔާއެވެ. އަދި ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާ. ރަތް ހަނޑުލުން 75 ރުފިޔާ އަދި އާދައިގެ ފުށުންނަމަ 15 ރުފިޔާއެވެ. އަދި އާޓާ ފުށުންނަމަ 60 ރުފިޔާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...