ޕީޕީއެމްގެ އަހަރީ ރިޕޯޓު ހުށަހަޅައިފި

ޕީޕީއެމްގެ އަހަރީ ރިޕޯޓު ހުށަހަޅައިފި

ޕީޕީއެމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަން ޑރ.މުއިއްޒު ހާމަކޮށްފައިވަނީ ކުރެއްވި ޓުވީޓެއްގައެވެ.

އެކަމާއި ގުޅޭގޮތުން ޕީޕީއެމް ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް ލަޔާލް މަނިކު ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ކުރިމަތިވި ތަފާތު ގޮންޖެހުންތަކާއި އެކުވެސް ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. ޕާޓީގެ ފައިސާ ހިފެހެއްޓުމާއި ޕާޓީގެ ލީޑަރަށް ކުރިމަތި ކުރުވި ތަފާތު ގޮންޖެހުންތަކާއެކު ވެސް ޕާޓީގެ ފަރާތުން ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ލަޔާލް ވިދާޅުވީ ޖުމްލަ ގޮތެއްގައި މިދިޔަ އަހަރު ޕީޕީއެމްއިން ކާމިޔަބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ޕާޓީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ތަފާތު ގިނަ ހަަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ގުޅުން ބަދަހިކޮށް ޒުވާނުން ބާރުވެރިކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ލަޔާލްވަނީ ފާހަގަ ކުރައްވާފައެވެ. ލަޔާލް ވިދާޅުވީ ޕީޕީއެމްއަށް އިންތިހާބު ކާމިޔާބު ނުވި ނަމަވެސް ޕާޓީ ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ޕީޕީއެމް ދެމި އޮންނާނެ ކަމަށެވެ.

ޕީޕީއެމްގެ އަހަރީ ރިޕޯޓް މިއަދު ހުށަހަޅާފައިވާއިރު ރިޕޯޓު ހުށަހަޅާފައިވަނީ މުއްދަތު ހަމަވުމުގެ ފަހުން ކަމަށް ބުނެ ފިޔަވަޅު އަޅާނެ ކަމަށް އީސީިން ވިދާޅުވެއެވެ. ޕީޕީއެމްގެ އިތުރުން އަހަރީ ރިޕޯޓު ހުށަނާޅާ އޮތް މައްސަލައިގައި ޑީއާރުޕީ އަދި އަދާލަތައި މެދު އަޅާނެ ފިޔަވަޅަކާއި މެދު މާދަމާ ބާއްވާ އީސީ މެންބަރުންގެ ބައްދަލުވުމުގައި ގޮތެއް ނިންމާނެ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...