މި ސަރުކާރުން 24 ގަޑިއިރު ކަރަންޓު ޔަގީން ކުރުމަށް އެދެވޭ މަސައްކަތެއް ނުކުރޭ: ލަމްއާން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 24 ގަޑިއިރު ކަރަންޓު ޔަގީން ކޮށްދެއްވުމަށްޓަކައި ކުރެއްވި މަސައްކަތާއި ގާތް ކުރެވޭ ވަރަށްވެސް މިހާތަނަށް މި ސަރުކާރަށް މަސައްކަތް ކުރެވިފައި ނުވާކަމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ލަމްއާން ވިދާޅުވެއްޖެއެވެ.

ޗެނަލް ތަރޓީންއަށް މަޢުލޫމާތު ދެއްވަމުން ލައްމާން ވިދާޅުވީ ރަށްތަކުގައި ކަރަންޓު ކަނޑައިގެން ދިއުމުގެ މައްސަލަތައް ފެންމަތިވަމުން ދިއުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންތައްތައް ދިމާވަނީ މި ސަރުކާރުގެ އިހުމާލުން ކަމަށްވެސް ލަމްއާން ވިދާޅުވިއެވެ.

އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން 24 ގަޑި އިރު ކަރަންޓު ޔަގީން ކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއިރު މި ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އިސްކަމެއް ދީފައި ނުވާކަން ލަމްއާންން ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ އިތުރުން އެ ފަދަކަންތައްތައް ވީހާވެސް އަވަހަށް ހައްލު ކުރަން ޖެހޭ ކަމަށާއި، އެ ކަންތައްތައް ހައްލު ކުރެވޭނީ ކަމަށް ގާބިލް ބޭފުޅުން ކުންފުނިތަކުގައި މަސައްކަތް ކޮށްގެން ކަމަށް ލަމްއާން ވަނީ ވިދާޅުވެފައެވެ.

ލަމްއާން އިތުރަށް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ރައީސް ޔާމީންގެ ސަރުކާރު ބަދުނާމު ކުރަން ކަމަށެވެ. އެހެން ނަމަވެސް ކުރި ސަރުކާރުން ކުރިވަރާ ގާތް ކުރާ މިންވަރަށްވެސް މި ސަރުކާރަށް މަސައްކަތް ކުރެވިފައި ނުވާކަމަށެވެ. އަދިި ނިމިދިޔަ ސަރުކާރުން މަސައްކަތް ކުރީ ވީހާވެސް އަވަހަށް ރައްޔިތުންނަށް ޚިދުމަތްތައް ކަށަވަރުކޮށްދިނުމަށްކަމަށާއި ނަމަވެސް މި ސަރުކާރުން ރައްޔިތުންނަށް ކިދުމަތް ދިނުމުގައި ގިނަ ދުވަސް ހޭދަ ކުރާކަމަށްވެސް ލަމްއާން ވަނީ ފާހަގަކުރައްވާފައެވެ.

ލަމްއާން މިފަދައިން ވިދާޅުވެފައިވާއިރު ކުރިއަށް މިދާ ރަމަޟާން މަހު ރާއްޖޭގެ އެކި ރަށްތަކުގައި ކަރަންޓު ކަނޑައިގެން ދިއުމުގެ މައްސަލަތައް ދިމާވުމުގެ ސަބަބުން އެ ރަށްތަކުގެ ރައްޔިތުން ދަނީކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ކުރީ ނިމިދިޔަ ސަރުކާރުން 24 ގަޑި އިރު ކަރަންޓު ޔަގީން ކޮސްދެއްވި އިރު މި ސަރުކާރަށް އެކަންތައް ނުވާންވީ ސަބަބެއް އޮވެގެން ނުވާނެ ކަމަށްވެސް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...