އައިޖީއެމްއެޗްގެ ހާލަތު ރަނގަޅު ކުރަން ޕީޕީއެމްއިން ގޮވާލައިފި

ސަރުކާރު ހިންގާ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ހާލަތު ރަނގަޅު ކުރުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްއިން ސަރުކާރަށް ގޮވާލަައިފިއެވެ. 

ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ސިއްޙީ ދާއިރާއަށް އިހުމާލުވަމުން އަންނަ ކަމަށްބުނެ އެކަން ކުށްވެރިކޮށްފައެވެ. ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އެތައް ހާސް ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދަމުންދާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗް ނުބެލެހެއްޓި އެތަނުގެ ޚިދުމަތުގެ ފެންވަރު ދަށްވަމުން ދާކަން ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން އެންމެ ގިނަ ބަޔަކު ފަރުވާ ހޯދާ ޔުނިޓް ކަމުގައިވާ އިމަޖެންސީ ރޫމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުކުރެވޭ ކަމަށާއި ހާލު ދެރަ ބަލިމީހުން ތިބޭ ސަރަހައްދުގެ އޭސީ ހަލާކުވެފައިވާތާ ގިނަދުވަސްތައް ފާއިތުވެފައިވާއިރު އެކަމަށް ސަރުކާރުން އެއްވެސް ހައްލެއް ގެނެސްފައި ނުވާކަމަށް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެޕާޓީއިން ބުނީ ސިއްޙީ ފަރުވާ ދޭ މައި ހޮސްޕިޓަލުގެ ހާލަތު ދަށްވެފައިވަނީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށެވެ.

ޕީޕީއެމުން އައިޖީއެމް ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތަކަށް ސަރުކާރުން އިހުމާލުވުމުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ހޮސްޕިޓަލަށް ދިމާވެފައިވާ ހާލަތާއި ގުޅިގެން މިހާތަނަށް ސަރުކާރުން އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...