ވެސްޓް ޕާކުގައި ހަދާފައިވާ ވަގުތީ މާރުކޭޓުގެ ގޮޅިތައް ދޫކުރުމަށް އިއުލާންކޮށްފި

ވެސްޓް ޕާކުގައި ހަދާފައިވާ ވަގުތީ މާރުކޭޓު. ފޮޓޯ:ވީނިއުސް

މާލޭގެ ވެސްޓް ޕާކުގައި ހަދާފައިވާ ވަގުތީ މާރުކޭޓުގެ ގޮޅިތައް ދޫކުރުމަށް އިއުލާން ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ވެސްޓް ޕާކުގައި ހަދާފައިވާ މާރުކޭޓުގެ ގޮޅިތައް ދޫކުރުން ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ކަމަށެވެ. އަދި ގޮޅިތައް ބޭނުންވާ މީހުން ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭބައި، ތައިސޭ ކޮށިން ފޯމު ފުރުމަށްފަހު ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ ބުނީ ވެސްޓް ޕާކު ސަރަހައްދުގައި ގާއިމުކުރާ ވަގުތީ މާރުކޭޓުގެ ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި އެ މާރުކޭޓުގައި ވިޔަފާރިކުރުމަށް ބޭނުންވާ މީހުންނަށް ޖާގަ ދޫކުރާނީ ހިލޭ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ. ކައުންސިލުން މައުލޫމާތު ދޭގޮތުގައި މި މާރުކޭޓަކީ 50 ފޫޓު 100 ފޫޓުގެ މާރުކޭޓެއް.

އެ މާރުކޭޓުން ވިއްކުމަށް ހަމަޖެހިފައިވަނީ ކުރުނބާ، ކާށި، ގަބުޅި އަދި ކަރާ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. ވެސްޓް ޕާކުގައި ހަދާ އެ މާރުކޭޓުން ގޮޅި ދޫކުރަން އިއުލާންކުރި ނަމަވެސް އެތަން ހުޅުވޭނެ ދުވަހެއް ސިޓީ ކައުންސިލުން އަދި ހާމަކޮށްފައިނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...