ވެސްޓް ޕާރކް ސަރަހައްދުގައި ހަދާފައިވާ ވަގުތީމާރުކޭޓުން ގޮޅި ދޫކުރަނީ

ވެސްޓް ޕާރކް ސަރަހައްދުގައި ހަދާފައިވާ ވަގުތީމާރުކޭޓުން ގޮޅި ދޫކުރަނީ
ވެސްޓް ޕާރކް ސަރަހައްދުގައި ހަދާފައިވާ ވަގުތީމާރުކޭޓުންނާއި ވިލިމާލޭ ވަގުތީ މާރުކޭޓުން ގޮޅި ދޫކުރަން ފަށައިފިއެވެ.


ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަމަޟާން މަހާގުޅިގެން ރަށްރަށުން މާލެ އަންނަ ދަނޑުވެރިން ގެންނަ ކަރާ،ކުރުނބާ ،ކާށި، އަދި ގަބުޅި ފަދަތަކެތި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ކުރީގެ ވެސްޓް ޕާރކު ސަރަހައްދުގައި ގާއިމްކޮށްފައިވާ ވަގުތީކާރުކޭޓުން ގޮޅިދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގޮޅި ދޫކުރަން ހަމަޖެހިފައިވަނީ އެއް މަސްދުވަހުގެ މުއްދަތަކަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ކުރީގެވެސްޓްޕާރކު ސަރަހައްދުގައި ގާއިމްކޮށްފައިވާ ވަގުތީ މާރުކޭޓުން ގޮޅިބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ޢާންމުޚިދުމަތްތަކާއި ބެހޭބައިން ގޮޅިއަށް އެދޭ ފޯމްނަގައި ފުރުމަށްފަހު މިމަހުގެ 15ވަނަ ދުވަހުގެ 12:00 ޖެހުމުގެ ކުރިން ޢާންމުޚިދުމަތްތަކާ ބެހޭބަޔަށް ފޯމް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...