19 ވަނަ މަޖިލީހުގެ އެމްޑިޕީ މެމްބަރުންނާއި މިނިސްޓަރ މަހުލޫފު ބައްދަލު ކުރައްވައިފި

19 ވަނަ މަޖިލީހަށް ހޮވިވަޑައިގެންނެވި އެމްޑީޕީގެ މެމްބަރުންނާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ބައްދަލު ކުރައްވައިފިއެވެ.

ޔޫތު މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި ބޭފުޅުންނާއި ޔޫތު މިނިސްޓަރ ބައްދަލު ކުރައްވައި އެ ދާއިރާތަކުގެ ތަރައްޤީއަށް ކުރިއަށް އޮތް 3 އަހަރަށް ރާވާފައިވާ ޕްރޮގްރާމްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް މިނިސްޓްރީގެ ޓްވީޓުގައި ވަނީ ބަޔާންކޮށްފައެވެ.

މިނިސްޓަރ މަހުލޫފު އެމްޑިޕީގެެ ފަރާތުން 19 ވަނަ މަޖިލީހުގެ ބޭފުޅުންނާއި ބައްދަލު ކުރައްވާފައިވާއިރު އެހެން ދާއިރާތަކަށް ހޮވޮވަޑައިގެންފައިވާ މެމްބަރުންނާއި އަންނަ ހަފްތާގެ ތެރޭގައި ބައްދަލު ކުރައްވާނެ ކަަމަށް އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޝަކީލް އަދި ކޮންގްރެސް ޕާޓީގެ ސެކެޓްރީ ޖެނެރަލް ގީލާ އަލީ ޗެނަލް ތާޓީންއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު އޮފީސް ބަންދު ކުރުމާ ހަމައަށް އެފަދަ އެއްވެސް ދައުވަތެއް އައިސްފައި ނުވާ ކަމަށެވެ.

މިފަދަ ކަންތައްތަކާ ހުރެ މި ސަރުކާރުގެ މިނިސްޓަރުން އެމްޑިޕީގެ މެމްބަރުން ހޮވުނު ދާއިރާތަކަށް އިސްކަން ދެއްވާ އެހެން ދާއިރާތައް ހަނދާން ނައްތާލަނީ ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއަދު ޔޫތު މިނިސްޓަރ ހަމައެކަނި އެމްޑިޕީގެ މެމްބަރުންނާއި ބައްދަލު ކުރައްވައި އެ ދާއިރާތަކުގެ މުސްތަގުބަލާ މެދު މަޝްވަރާ ކުރެއްވުމަކީ އެކަމުގެ އެންމެ ބޮޑު އެއް ހެކި ކަމަށް ވެސް އެތައް ބަޔަކު ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...