ރަސްފަންނަށް ފަސްލެވުނަސް ރައީސް ޔާމީންގެ ނަމަށް ފަސް ނުލެވޭނެ!

ކުރީގެ ރައީސުލްޖޫމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއަކީ މިހާތަނަށް ރާއްޖެއަށް އެންމެ ބޮޑު ތަރައްޤީއެއް ގެނެސްދެއްވި ރައީސް ކަމަށް އެއްވެސް ރައްޔިތަކު އިންކާރު ނުކުރާނެއެވެ. އެމަނިކުފާނުގެ ހިކުމަތު އަމަލީގެ ސަބަބުން ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 5 ރައީސުންގެ ވެރިކަން ނިމިގެން ގޮސްފައިވާއިރު ރައީސް ޔާމީންގެ ނަންފުޅަކީ މުޅި ޤައުމުގެ އެކި ހިސާބުތަކަށް ވިދާލި ނަންފުޅެކެވެ.

ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލުމުންވެސް ފެނިގެންދަނީ ރައީސް ޔާމިންގެ ތަރައްގީގެ ބިޔަ މަޝްރޫއުތައް. ވަކި ދާއިރާއެއް ބެއްލެވުމެއް ނެތި ވަކި ރަށެއް ބެއްލެވުމެއް ނެތި ހުރިހާ ދާއިރާއަކުން ހުރިހާ ރައްޔިތުންނަށް ކުރިއެރުން ހޯއްދަވައި ދެއްވުމުގައި ރައީސް ޔާމީން ވަނީ ގިނަގުނަ ކާމިޔާބީތަކެއް ހާސިލްކުރައްވާފައެވެ. އެމަނިކުފާނުގެ ވެރިކަން ނިމި ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ރައީސް ޔާމިން ފެއްޓެވި މަޝްރޫޢުތައް ހުއްޓި ރާއްޖޭގެ ތަރައްޤިގެ ދުވެލި މަޑު ޖެހޭނެ ކަމަަށް އެތައް ބަޔަކު ދިޔައީ ބުނަމުންނެވެ.

މިއަދު އެމަންޒަރުތައް ދަނީ ފެންނަމުންނެވެ. އެގޮތުން ރައީސް ސޯލިހުގެ ސަރުކާރުން މިހަތަނަށް އެއްވެސް މަޝްރޫޢެއް ފަށާފައިނުވާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެފައިވާއިރު ދެން އަޑު އިވެމުންދާ އެއް ވާހަކައަކީ ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީ ކޮށްފައިވާ ރަސްފަންނަށް ފަސް އަޅާ އެތަން ބީޗެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުމެއް ގެންނަން އުޅޭ ކަމުގެ ވާހަކަތަކެވެ. މި ސަރުކާރުން މަޝްރޫޢުތައް ނުހިންގެވި ނަމަވެސް ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ބޮޑެތި މަޝްރޫޢުތަކަށް ބަދަލު ގެނައުމަށް އަތުކުރި އޮޅާލާފައިވާކަން މިފަދަ ކަންތައްތަކުން ހާމަވެއެވެ.

ރައީސް ޔާމީން ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރައްވައި އެތަނުގެ ނަމަށް ދިވެހިވަންތަކަން ގެންނެވުމަށްޓަކައި އެތަނުގެ ނަން ރަސްރަނި ބަގީޗާއަށް ބަދަލު ކުރައްވާފައިވާއިރު ރައީސް ސޯލިހުގެ ސަރުކާރުގެ އެންމެ ފުރަމަތަ މަސައްކަތަކަށް ވެގެން ދިޔައީ އެތަނުގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލު ކުރުމަށް ނިންމެވުމެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤި ކުރެއްވުމަށް ޕްލޭންތައް ހަދައި މަސައްކަތްތައް ފައްޓަވާފައިވާއިރު މި ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ވިދާޅުވަމުން ގެންދެވީ ކުރީ ސަރުކާރުން އެ މަޝްރޫޢު ކުރިއަށް ގެންދެވީ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ.

ކޮންމެއަކަސް މި ސަރުކާރުން ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދަވާފައިވާ މަޝްރޫޢުތަކަށް ފާޑު ކިޔައި އެ މަޝްރޫޫޢުތައް ހުއްޓާލުމަށް މަސައްކަތް ކުރަމުންދަނީ ރައީސް ޔާމީންގެ ނަން މިޤައުމުން ފޮހެލުމުގެ ބޭނުމުގައި ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެމަނިކުފާނު ގެންނެވި ތަރައްޤީއަކީ ޤައުމަށް ފައިދާ ކުރުވަނިވި ކަންތައްތައް ނޫން ކަމުގައި ދައްކަވައި ރައީސް ސޯލިހުގެ ވެރިކަމުގެ މޮޓޯ ކަމަށްވާ ޖަޒީރާ ރާއްޖެއަކަށް މިޤައުމު ހެދުމަށް މި ސަރުކާރުން ދަނީ ނުހަނު ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ.

ނަމަވެސް މި ސަރުކާރުން ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ރައީސް ޔާމީން ފައްޓަވާފައިވާ މަޝްރޫޢުތައް ހުއްޓުވައި އެމަނިކުފާނު ހަދާފައިވާ ތަންތަނަށް ބަދަލުތައް ގެނައިކަމުގައި ވިޔަސް ރައީސް ޔާމީންގެ ނަންފުޅު ފޮހެ ނުލެވޭނެކަމެވެ. ރަސްފަންނަށް ފަސްލާ ބަރު ކުރިއަސް ރައީސް ޔާމީންގެ ނަންފުޅަށް ފަސްލާ ބަރު ނުކުރެވޭނެކަމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޢަފްލާ 15 މެއި 2019 - 01:51

    އިބު ބަތާ ޙަރާމީ ބާގީންގެ ވެރިކަން ވީމަ ބަފައިބެ އައްސަލާމް 19 ދިވެހިންގެ ލޭ ބުއި ފަޒުނާގެ ބައްޕަ

  2. ނަން ނުކިޔާބޭބެ 15 މެއި 2019 - 01:42

    ތެދުވަހަކަައެއް އެ ރަސްފަންނަށް ފަސްއަޅާ ފޮރުވިދަނެ ނަމަވެސް އެތަނުން އެފެންނަ ހިތްގައުމު ބަދަލު ގެންނެވި ރައިސް ޔާމިނުގެ ނަންފުޅު އަުގަނޑޫމެންގެ ހިތަކުން ފިލުވައެއް ނުލެވޭނެ އެއީ މިޤައުމުގެ ރައީސް މިހަރު މިހުރީ އެމްޑީޕީގެ ރައީސް.....

ގުޅުން ހުރި
Loading...