ހެމަރ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު މުޅިން ހިލޭ!

ހެމަރއިން ހިލޭ ޖިމްގެ ޚިދުމަތްތަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދޭން ނިންމައިފި

ގިނަ ބައެއްގެ އެދުމާއެކު ހެމަރއިން ހިލޭ ޖިމްގެ ޚިދުމަތްތަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދޭން ނިންމައިފިއެވެ.

މި ފުރުސަތަކީ ހެމަރގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުން ފިޔަވާ އެންމެނަށް ހުޅިވާލައިގެން ކުރިއަށްގެންދާ އެއް ދުވަހުގެ ޕްރޮގްރާމެކެވެ. ހެމަރއިން ބުނީ މި ފުރުސަތު މިރޭ ހަތްގަޑި ސުންމިނެޓުން ފެށިގެން މެންދަމު 12އާއި ހަމައަށް އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

އެ ފުރުސަތުގެ ދަށުން ކޮންމެ މީހަކަށްވެސް ގިނަވެގެން އެއްގަޑިއިރާއި ފަނަރަ މިނެޓަށް ކަސްރަތު ކުރުމުގެ ފުރުސަތު ލިބޭއިރު، ބޭނުންވެއްޖެނަމަ ޓްރެއިނަރއެއްގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ހެމަރ އިން ބުނެއެވެ. ހިލޭ ހެމަރގެ ކަސްރަތުގެ ތަޖުރިބާ ކޮށްލުމަށް ލިބޭ މި ފުރުސަތުގައި ޖިމްގެ ޤަވައިދުތަކަށް ބޯލެނބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހެމަރ އަކީ މިހާތަނަށް ގިނަ ބައެއްގެ މެދުގައި މަގްބޫލްކަން ހޯދާފައިވާ ޖިމަކަށް ވާއިރު، ޖިމްގެ މަހުފީ އަކީ 1060 ރުފިޔާއެވެ. ނަމަވެސް ރޯދައާއި ދިމާކޮށް މެންބަރުންނަށް މަހު ފީގެ ގޮތުގައި ދައްކަން ޖެހޭނީ 850ރުފިޔާ ކަމަށް ހެމަރއިން ބުނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...