ޔޫރަޕްގެ އެންމެ ބޮޑު ދެ ލީގުގެ ފައިނަލުގައި އިނގިރޭސި ވިލާތުގެ ޓީމުތައް

ޔޫރަޕުގެ އެންމެ ބޮޑު ދެ ލީގުގެ ފައިނަލުގެ ހަތަރު ޖާގަވެސް ހޯދައިގެން އިނގިރޭސި ވިލާތް ފުޓް ބޯޅައިގެ ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ.

މި އަަހަރުގެ ޔޫރޮޕާ ލީގުގައާއި ޗެމްޕިއަންސް ލީގުގެ ފައިނަލް ޓީމުތަަކުގެ ގޮތުގައި އިނގިރޭސި ވިލާތުގެ 4 ކްލަބު އޮތުމުން ގިނަ ބަޔަކު ދަނީ އެގައުމަށް ތައުރީފު ކުރަމުންނެވެ.

އެގޮތުން ޔޫރޮޕާ ލީގުގެ ސެމީގައި ވެލެންސިއާ ބަލިކޮށް އާސެނަލް ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވާއިރު، ފްރެންކްފަޓް ބަލިކޮށް ޗެލްސީ ވަނީ ފައިަނލުގެ ދެވަނަ ޖާގަ ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބާސެލޯނާ ބަލިކޮށް ލިވަޕޫލް ފައިނަލުގެ ޖާގަ ކަށަވަރު ކުރި އިރު، ޓޮޓެންހަމްއިން ވަނީ އަޔަކްސް ބަލިކޮސް ދެވަނަ ޖާގަ ކަށަވަރު ކޮށްފައެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ރޭ ފްރެންކްފަޓް އާއި ޗެލްސީ ބައްދަލު ކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފައިވަނީ ހަތަރެއް ތިނެއްގެ ނަތީޖާއިންނެވެ. ރޭގެ މެޗު ނިމުނު އިރު ދެ ޓީމު އެކެއް އެކެއްގެ ނަތީޖާއިން އެއްވަރުވެފައިވާއިރު ޕެނަލްޓީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ފްރެންކްފަޓުން ވަނީ ލީޑު ނަގާފައެވެ. އެހެންނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން ޗެލްސީގެ ރޮކް ބާކްލީ ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ.

ޗެލްސީއަށް އެޓީމު މޮޅުކޮސްދިން ލަނޑު ޖަހައިދިނީ އެ ޓީމުގެ ކުޅުންތެރިއާ އެޑެން ހަޒާޑް އެވެ.

ޔޫރޮޕާ ލީގުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...