ބޮމްބާޑިއާގެ އެންމެ އިތުބާރުކުރެވޭ އެއަރލައިން އެވޯޑް މޯލްޑިވިއަންއަށް ލިބިއްޖެ

ބޮމްބާޑިއާގެ އެންމެ އިތުބާރުކުރެވޭ އެއަރލައިންގެ އެވޯޑް ދިވެހިރާއްޖޭގެ ގައުމީ އެއަލައިން މޯލްޑިވިއަނަށް ލިބިއްޖެއެވެ. 

ބޮމްބާޑިއާ ކޮމަޝިއަލް އެއަރކްރާފްޓްސްއިންދޭ އެއަރލައިން ރިލައިބިލިޓީ އެވޯޑަކީ، އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން އެންމެ އިތުބާރުހިފޭ ފަރާތްތަކަށްދޭ އެވޯޑެކެވެ.

އެ އެވޯޑު މިއަހަރު ޖުމްލަ ސާދަ އެއަރލައިނަކަށް ދީފައިވާ އިރު، މޯލްޑިވިއަނަށް މި އެވޯޑް ލިބިފައިވަނީ ކިއު ހަންޑުރެޑް އެއަރކުރާފްޓް ޕްރޮގްރާމްގެ ކެޓަގަރީން އޯޝޭނިއާ ޤައުމުތަކާއި ވާދަކޮށްގެން ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ޤައުމީ އެއަރލައިނަށް ބޮމްބާޑިއާގެ އެންމެ އިތުބާރު ކުރެވޭ އެއަލައިންތަކަށް ދޭ އެވޯޑް ލިބޭ ތާ މިއީ ހަތްވަނަ އަހަރު ކަމަށްވެސް އެ ކުންފުނިން ވަނީ މަޢުލޫމާތު ދީފައެވެ.

ކެނެޑާގެ ބޮމްބާޑިއާ ކުންފުންޏަކީ މަތިންދާ ބޯޓު އުފައްދާ ކުންފުންޏެކެވެ. މޯލްޑިވިއަނުން ގެންދަނީ ރާއްޖެއާއި، ބައިނަލްއަޤްވާމީ މަންޒިލަކަށް ދަތުރުތައް ކުރަމުން. މީގެއިތުރުން ރާއްޖޭގެ ރިސޯޓްތަކަށް އަމާޒްކޮށްގެން ސީ ޕްލޭންގެ ޙިދުމަތްވެސް މޯލްޑިވިއަނުންދަނީ ދެމުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...