ދިރާގުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ އިންޑޯ ޕްލޭ އޭރިޔާ އާ ކޮށްފި

ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދިރާގުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ އިންޑޯ ޕްލޭ އޭރިޔާ އާކޮށްފިއެވެ. 

ދިރާގުން އައިޖީއެމްއެޗްގައި ޤާއިމު ކޮށްފައިވާ ކުޑަކުދިންނަށް ޚާއްޞަ އިންޑޯ ޕްލޭ އޭރިޔާ އާކޮށް އަލުން މިއަދު ހުޅުވާފައިވާއިރު އެތަން އިތުރަށް މަރާމާތުކޮށްފައިވާނެ ކަމަށް ދިރާގުން ހާމަކުރެއެވެ. އަދި އެތަން ކުޑަކުދިން ގަޔާވާނެ ގޮތަށް ބަލައިގެން ކަނޑުއަޑީގެ ހިތްގައިމު މަންޒަރު ދައްކުވައިދޭ ގޮތަށް ޒީނަތްތެރި ކޮށްފައި ވާކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނާގޮތުގައި އެ ކުންފުނިން އައިޖީއެމްއެޗްއަށް ހަދިޔާ ކޮށްފައިވާ އިންޑޯ ޕްލޭ އޭރިޔާ އަކީ އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ކުދިންނަށް ހާއްސަކޮށްގެން ހަދާފައިވާ ތަނެކެވެ. އަދި އައިޖީއެމްއެޗްގެ އޯޕީޑީއަށް ވަންނަ ގޭޓް ސަރަޙައްދުގައި ހުންނަ އެ ޕްލޭ އޭރިޔާގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ކުޑަކުދިން ގަޔާވާނެ އަދި އެކުދިންނަށް ހިތްހަމަ ޖެހުން ލިބޭނެ ފަދަ މަންޒިލެއް ހޮސްޕިޓަލުގައި ގާއިމު ވެފައި ހުރުން ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ދިރާގުން މަޢުލޫމާތު ދޭގޮތުގައި ކުޑަކުދިންނަށް އެހީވުމަކީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެކެވެ. އަދި ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ޙައްޤުގައި މަސައްކަތް ކުރާ ތަފާތު ޖަމިއްޔާތަކަށް އެހީތެރިވުމަށް ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބާއްވަމުން ގެންދާކަމަށް އެކުންފުނިން ހާމަކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...