އުރީދޫ އިން އާ ޗެއަރމަނެއް އައްޔަން ކޮށްފި

އުރީދޫ މޯލްޑިވްސް އިން އާ ޗެއަރމަނެއް އައްޔަން ކޮށްފިއެވެ. 

އެރީދޫއިން މަޢުލޫމާތު ދޭގޮތުގައި އެކުންފުނިން ވަނީ މިހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ އިންޑިޕެންޑެންޓް ބޯޑު ޑިރެކްޓަރެއްގެ ގޮތުގައާއި އާ ޗެއަރމަންގެ ގޮތުގައި މިސްޓަރ ޑޭމިއަން ފިލިޕް ޗެޕަލް އައްޔަންކޮށްފައެވެ. މިސްޓަރ ޗެޕަލް މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އުރީދޫ ގަތަރުގެ ޗީފް ކޮންސިއުމަރ އޮފިސަރުގެ މަގާމުގައެވެ.

އޭނާއަކީ އުރީދޫ މޯލްޑިވްސްގެ މައި ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ އިން ނޮމިނޭޓްކޮށްފައިވާ ރެޕްރެޒެންޓެޓިވް ކަމަށްވެސް އުރީދޫއިން ވަނީ މަޢުލޫމާތު ދީފައެވެ.

މިސްޓަރ ޗެޕަލް އަކީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި 17 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ އޮސްޓްރޭލިޔާގެ ރައްޔިތެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ސްވައިންބާން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިން އެޕްލައިޑް ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ ގެ ދާއިރާއިން ބެޗަލަރސް ޑިގްރީ ހާސިލުކޮށްފައެވެ.

އުރީދޫއިން ބުނީ މިސްޓަރ ޗެޕަލް އެ ކުންފުނީގެ ޗެއަރމަނެއްގެ ގޮތުގައި ގުޅުމުން އެ ކުންފުނީގެ ކުރިމަގާއި މެދު ކުރާ އުއްމީދުތައް އާވެފައިވާކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...