ރައްޔިތުން މާޔޫސް ވާވަރަށް ސަރުކާރު ވަނީ ނުކުޅެދިފައި: މެމްބަރު ޝިޔާމް

ރައްޔިތުން މާޔޫސް ވާވަރަށް ސަރުކާރު ނުކުޅެދިފައިވާކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލިބިފައިވާ ބޮޑު އަޣުލަބިއްޔާތާއިއެކު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ބާރަށް ކަންތައްތައް ކޮށްގެން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެފައިވާ ލިޔުމެއް އާއްމުކުރައްވާ، ޝިޔާމް ކުރެއްވި ޓްވިީޓެއްގައި ވިދާޅުވީ ޝާހިދު ވިދާޅުވި ނަމަވެސް އެ ވިދާޅުވީ ތެދުފުޅެއް ކަމަށެވެ. ނަމަވެސް މިހާރު ފެނިގެން ދަނީ މުޅިން ތަފާތު މަންޒަރެއް ކަމަށާއި ރައްޔިތުންގެ އިތުބާރު ގެއްލި ރައޔްިތުން މާޔޫސްވާވަރަށް ސަރުކާރު ފެއިލް ވެފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ތަކެތީގެ އަގުތައް މައްޗަށް އަރައިގެން ދާކަމަށާއި ކަރަންޓު އަގުހެޔޮ ކުރުމުން ބިލަށް އަރާވަރު އިތުރުވެެފައިވާކަމަށެވެ.

މެމްބަރު ޝިޔާމް އެހެން ވިދާޅުވެފައިވާއިރު މިހާތަނަށް މިސަރުކާރުން އެއްވެސް މަޝްރޫޢެއް ކުރިއަށް ގެންގޮސްފައި ނުވާތީ އެކަމާ އެތައްބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ކަރަންޓުގެ އަގު ކުޑަކުރެއްވި ކަމަށް ވިދާޅުވި ފަހުން އައި ދެމަހުގެ ކަރަންޓު ބިލް ބޮޑުވުމާއި ގުޅިގެންވެސް އެތައް ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...