"ނާމާން ސީޒަން 3" މިރޭ ޗެނަލް13އިން ދައްކަނީ

ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ ސީރީޒް "ނާމާން"ގެ 3 ވަނަ ސީޒަން މިރޭ ޗެނަލް13އިން ދައްކާނެއެވެ.

ނާމާން ސީޒަން ތްރީގެ އެޕިސޯޑު އެކެއް، "ޒުންގްރޫފް" މިރޭ ޗެނަލް13އިން ދައްކާނީ އެގާރަގަޑި ސުންމިނެޓުގައެވެ. ނާމާން ސީޒަން 3ގެ އެއް ޕްރޮޑިއުސަރު އިބްރާހީމް ސުފިޔާން ބުނީ މިފަހަރުގެ ސީޒަންއިންވެސް ފެނިގެންދާނީ މުޅިން އާ ތަރިން ކަމަށެވެ.

ކޮންމެ ފަހަރަކުވެސް ތަރިން ނަގަނީ އެޕިސޯޑު ޝޫޓް ކުރާ މަންޒިލުން ކަމަށާއި، އެގޮތުން މިފަހަރު ތަރިން ނަގާފައިވަނީ ޅ.ހިންނަވަރުން ކަމަށް ސުފިޔާނު ވަނީ ބުނެފައެވެ. ސީޒަން 3ގައި ބެލުންތެރިންނަށް ކޮލިޓީ ރަނގަޅު އެޕިސޯޑްތަކެއް ފެނިގެންދާނެ ކަމުގެ ޔަގީންކަން ޕްރޮޑަކްޝަން ޓީމްގެ ފަރާތުން ވަނީ ދީފައެވެ. ނާމާން ސީޒަން 3 މިރޭ ޗެނަލް13އިން ދައްކާއިރު، މީގެ ކުރިން ސީޒަން އެކެއް އަދި ދޭއްވެސް ޗެނަލް13އިން ވަނީ ދައްކާފައެވެ.

ސީޒަން 3ގެ އެޕިސޯޑްތައް ސެންސަރ ނުކޮށް ބަލަން ބޭނުންވާނަމަ، ބައިސްކޯފުން ހުރިހާ އެޕިސޯޑެއް ސެންސަރ ނުކޮށް ބަލާލެވޭނެ ކަމަށް ނާމާންގެ ޕްރޮޑިއުސަރުން ހާމަކުރެއެވެ. "ނާމާން" އަކީ ހަޤީޤީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ސީރީޒްއެކެވެ.

އެގޮތުން މިފަހަރުގެ ވާހަކައަކީވެސް ހަޤީޤީ ވާހަކައެއް ކަމަށާއި، ވާހަކަ ލިޔުނީ ހޫދު އިބްރާހީމް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މިފަހަރުގެ ވާހަކަ ބިނާކޮށްފައިވަނީ ހަތަރު ރަހްމަތްތެރިންނަށް ދިމާވާ ކަންތައްތަކެއްގެ މައްޗަށެވެ.

ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ބިރުވެރި ސީރީޒް "ނާމާން" އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު ސީރީޒްއެއްކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...