ގަތަރުން ފަލަސްތީނަށް 480 މިލިއަން ޑޮލަރު ދެނީ

ފަލަސްތީނުގެ ގާޒާއާއި ހުޅަނގު އައްސޭރިއަށް އެހީގެ ގޮތުގައި 480 މިލިއަން ޑޮލަރު ދޭން ގަތަރުން ނިންމައިފިއެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެހީގެ ތެރެއިން 300 މިލިއަން ހޭދަކުރާނީ ހުޅަނގު އައްސޭރީގެ ރާމަﷲ ގެ ސިއްހީ އަދި ތައުލީމީ ކަންކަމަށް އެހީވުމަށް ކަމަށެވެ. އަދި ބާކީ 180 މިލިއަން ޑޮލަރު ހޭދަކުރާނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ކަމަށް އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ހަމާސްއިން ވަނީ ގަތަރުން ދިން އެހީއަށްޓަކައި އެ ގައުމުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީއަށް ޝުކުރު އަދާކުރައްވައިފައެވެ. ދެހާސް ސާދަ ވަނަ އަހަރަށް ފަހު ގާޒާގައި ދިން އެންމެ ވަރުގަދަ ރޮކެޓް ހަމަލާތައް ދީފައިވަނީ މިދިޔަ ހަފުތާގެ ބަންދުގައެވެ.

އެ ހަމަލާތަކުގައި ފަލަސްތީނުގެ 25 މީހުން ވަނީ ޝަހީދުވެފައެވެ. އަދި އިޒްރޭލުގެ ހަތަރު މީހުން ވަނީ މަރުވެފަ. ކޮންމެ ރޯދަމަހަކާއި ދިމާކޮށް އިސްރާއީލުން ފަލަސްތީނަށް ހަމަލާ ދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...