ތޫފާނުން ރައްކާތެރިވުމަށް އިންޑިއާއިން އެޅި ފިޔަވަޅުތަކަށް ތައުރީފުކޮށްފި

ތޫފާން ފޯނީއިން ރައްކާތެރިވުމަށްޓަކައި އިންޑިއާއިން އެޅި ފިޔަވަޅުތަކަށް އދއިން ތައުރީފުކޮށްފިއެވެ.

އދއާއި އަދި އެނޫންވެސް މޫސުމާއިބެހޭ ތަޖުރިބާ ކާރުން ބުނީ، އިންޑިއާއަށް އެރި ތޫފާން ފޯނީގެ ސަބަބުން މާބޮޑު ގެއްލުންތަކެއް ނުލިބި އިންޑިއާއަށް ސަލާމަތް ވެވުނީ އެކަށީގެންވާ ވަރަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުން ކަމަށެވެ.

އެގޮތުން ދުރާލާ އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުން އެތައް ފުރާނައެއް ސަލާމަތް ކުރެވުނު ކަމަށްވެސް ބުނެފައިވެއެވެ.

ތޫފާން ފޯނީގެ ސަބަބުން 46 މިލިއަން މީހުން ދިރިއުޅޭ އިންޑިއާގެ އޮޑީޝާ ސްޓޭޓަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެ ތޫފާނުގައި އެ ސްޓޭޓުން 13 މީހުން ވަނީ މަރުވެފައެވެ. އިންޑިއާއަށް ފަހު ތޫފާން ފޯނީ އަރާފައިވަނީ ބަންގްލަދޭޝްއަށެވެ.

އެގައުމަށް ތޫފާނާއި ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، 34 މީހުން މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...