ރޯދައާއި ދިމާކޮށް ދިރާގުން ޚާއްސަ ޕްރޮމޯޝަންތަކެއް ތައާރަފްކޮށްފި

ރޯދައާއި ދިމާކޮށް ދިރާގުން ޚާއްސަ ޕްރޮމޯޝަންތަކެއް ތައާރަފްކޮށްފި ފޮޓޯ: ވަގުުތު އޮންލައިން

ދިރާގުން ބޮޑެތި އިނާމުތަކާއި ހިލޭ ލިބޭނެ ތަފާތު ގިނަ ހިދުމަތްތަކާއެކު އެކުންފުނީގެ ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަންތައް އިއުލާނުކޮށްފިއެވެ.

އެގޮތުން ދިރާގުން ވަނީ ރޯދަމަހަށް ހާއްސަކޮށް ސްޕެޝަލް ރޯދަ ބަންޑްލްސްގެ ނަމުގައި ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށް މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްެރިޕެއިޑް ކަސްޓަަމަރުންނަށް 2 ޑޭޓާ ޕެކެއް ވަނީ ތައާރަފްކޮށްފައެވެ. މި ޕެކޭޖުތަކުގެ ތެރޭގައި 200 ރުފިޔާއަށް 2.5ޖީބީ ޕެކާއި 300 ރުފިޔާއަށް 5ޖީބީ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

އެ ކުންފުނިން ބުނީ ސޯޝަލް މީޑިއާއަކީ ގިނަ ކަސްޓަމަރުން ބޭނުން ކުރާ ޕްލެޓްފޯމެއް ކަމަށް ވާތީ ރޯދަ މަހުގެ ޑޭޓާ ބަންޑަލްތަކުގައި ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުމަށް އެއް ޖީބީ ހިމަނާފައިވާނެކަމަށެވެ. މި ޑޭޓާ ބަންޑަލްތަކުގެ މުއްދަތަކީ 30 ދުވަސް ކަމަށް ދިރާގުން ބުނެއެވެ.

އޭގެ އިތުރުން ރޯދަ މަހަކީ އެކަކު އަނެކެއްގެ އިހުސާސްތަށް ދެނެގަންނަ މަހެއް ކަމުން ކަސްޓަމަރުން ޑޭޓާ ބަލައިގަންނައިރު ކުރާ ހަރަދުގެ 10އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންޖާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ކަމަށްވާ އެމް. އޭ. ޕީ. ޑީއަށް ހަދިޔާ ކުރެވިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ރޯދައަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ދިރާގު ޕޭ މެދުވެރިކޮށް 150 ރުފިޔާ އަށްވުރެ ގިނައިން ވިޔަފާރިކުރާ 25 ކަސްޓަމަރަށް ހިލޭ އެއް ކިލޯގެ ކަރައެއް ލިބޭއިރު ރޯދައަށް ޚާއްސަ އިފްތާރް ޑިސްކައުންޓްތަކެއްވެސް އެކުންފުނިންވަނީ ތައާރަފްކޮށްފައެވެ. އެގޮތުން ދިރާގު ޕޭ މެދުވެރިކޮށް އެޗްއައިއެޗް، އޮކްސިޖަން ބްލޫ، އޮކްސިޖަން ކެފޭ އަދި އޮލިވް ގާޑަން ރެސްޓޯރެންޓުން ރޯދަ ވީލުމަށް ފައިސާ ދައްކައިގެން ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެއެވެ.

ދިރާގުން ބުނީ މިދިޔަ އަހަރޭ އެއްފަދައިން މިއަހަރުވެސް ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. ޒަކާތް ދެއްކުމަށްފަހު ވަގުތުން ކަސްޓަމަރަށް ޒަކާތް ދެއްކުނު ކަމުގެ ރަސީދެއް އޮންލައިންކޮށް އަދި އެސްއެމްއެސްގެ ޒަރީއާއިން ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.

ދިރާގު ރޯދަ ޕްރޮމޯޝަންގެ ދަށުން ހުރިހާ ފައިބަރ ބްރޯޑްބޭންޑް ބޫސްޓަރތަކުން 25 އިންސައްތައިގެ ޑިސްކައުންޓް ލިބޭއިރު އެކުންފުނިން ވަނީ ސައުދީއަށްގުޅޭނެ އެންމެ ހެޔޮ އަގުވެސް ތައާރަފްކޮށްފައެވެ.

ދިރާގުން ބުނީ ރަމަޟާންމަހާ ދިމާކޮށް އެތައްދިވެހިންނެއް އުމްރާވުމަށް ސައުދީއަރަބިއްޔާއަށްދާއިރު އެކުންފުނިން ކޮންމެ އަހަރަކު ރަމަޟާން މަހު ސައުދީ އަރަބިޔާ އަށް ވަރަށް ޚާއްސަ ހެޔޮ އަގެއްގައި ގުޅޭނެ ޕްރޮމޯޝަނެއް ހިންގާކަމަށެވެ. މި އަހަރުގެ ޕްރޮމޯޝަނުގައި ބަޖެޓްކޯޑް 019 ޖެހުމަށްފަހު ނަންބަރު ޖެހުމުން މިނަޓަކަށް އެންމެ އެއް ރުފިޔާ 89 ލާރި އަށް ގުޅޭނެ ކަމަށް ދިރާގުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...