ރޯދަ މަހުގައި ފަލަވަނީ ކީއްވެ؟ އެކަމަށް އޮތް ހައްލަކީ ކޮބާ؟

ރޯދަމަހުގައި ދުވާލުގެ ވަގުތު ތަކުގައި ނުކައި ހުރުމަށްފަހު، ރޯދާ ވީއްލާ ގަޑީގައި ބައެއް މީހުންނަށް ވަރަށް ގިނައިން ކެވެއެވެ.

މިއީ ބަރުދަން އިތުރު ކުރުވާ ކަމެކެވެ. ރޯދަ މަސް ނިމޭއިރު ބަރުދަން އިތުރުވާ ކަމުގެ ޝަކުވާތައް ގިނަ މީހުން ކުރެއެވެ. އެހެންނަމަވެސް މިކަމަށް ހައްލެއް އެބައޮތްކަން ފާހަގަކޮށްލަން ޖެހެއެވެ. ބަރުދަން އިތުރުވުމުގެ ބަދަލުގައި ރޯދަ މަހަކީ، ބަރުދަން ލުއިވެސް ކުރެވިދާނެ މަހެކެވެ.

ރޯދަ މަހުގައި ފަލަވަނީ ކީއްވެ؟

*ރޯދަ ވީއްލާ ވަގުތުން ފެށިގެން، ހާރު ކެއުމާއި ހަމައަށް މާގިނައިން ކެވުން. 
*ރޯދަ ވީއްލުމަށްފަހު ހެލިފެލިވެ ނޫޅުން.
*ރޯދަ ވީއްލާ ވަގުތުގައި އެއްފަހަރާ މާގައިން ކެއުން.
*ހެދިކާ ފަދަ ހައި ކެލަރީ ކެއުންތައް ކެވޭ މިންވަރު އިތުރުވުން.
*ތަރާވީހަށް ދައުވަތުތައް ލިބުމާއެކު، އާއްމުކޮށް ކައި އުޅޭ މިންވަރަށް ވުރެ ގިނައިން ކެއުމަށް މަގުފަހިވުން.

ރޯދަމަހުގައި ދުޅަހެޔޮކަންމަތީ ހުރެ ބަރުދަން އެއްވަރެއްގައި ހިފަހަައްޓާނީ ކިހިނެއް؟

*ރޯދަ ވީއްލާ ގަޑީގައި މާގިނައިން ނުކެއުން.
*ލަސް ލަހުން ކެއުން.
*ލޯ ކެލަރީ ކާނާ ކެއުމަށް އިސްކަން ދިނުން. 
*ރޯދައަށް ނުހުންނަ ގަޑިތަކުގައި 8 ތަށި ފެން ބުއިން.
*ގިނައިން ހަކުރު އަޅައިގެން ތައްޔާރުކޮށްފައިވާ ފަނި ބުއިމުގެ ބަދަލުގައި ޤުދުރަތީ ތާސީރު ލިބޭނެ ފަދަ ގޮތަކަށް ޖޫހެއް ތައްޔާރުކޮށްގެން ބޭނުންކުރުން. 
*ރޯދަ ވީއްލުމަށްފަހު، ގަޑިއެއް ހޯދައިގެން ކަސްރަތު ކުރުން.

ސިއްހީ ގޮތުން ފައިދާ ލިބޭ ކެއުންތައް ތައްޔާރު ކުރުމަކީ ވަރަށް މުހިއްމު ކަމެއް!

ރޯދަ މަހުގައި އާއްމުކޮށް ތައްޔާރު ކުރެވެނީ އެމީހަކަށް އެންމެ މީރު ކާއެއްޗެއްސެވެ. މިގޮތަށް ކެއުން ތައްޔާރު ކުރާއިރު، އެއީ ފައިދާ ހުރި އެއްޗެއްތޯ ބެލުމުގެ ބަދަލުގައި ބޮޑަށް ބެލެނީ މީރު ތަކެއްޗަށެވެ.

އަބަދުވެސް ބޮޑަށް އިސްކަން ދެވެނީ އެންމެ މީރު ކާ އެއްޗެހި ތައްޔާރު ކުރުމަށެވެ. މިއީ ދިވެހިންގެ ތެރޭގައިވެސް ވަރަށް ބޮޑަށް ހަރުލާފައިވާ އާދައެކެވެ. އަންހެންވެރިން ބަދިގޭގައި ގިނަ ވަގުތު ހޭދަކޮށްގެން ތައްޔާރު ކުރާ ތަފާތު ބާވަތްތަކުން ގޭގެ ސުފުރާ މަތި ފަޅު ފިލުވައިދޭއިރު، ހަށިގަނޑަށް ފައިދާ ކުރުވަނިވި ކާއެއްޗެހި ތައްޔާރު ކުރުމަށް އިސްކަންދެވެނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށްތޯއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...