ގާޒާއަށް އިތުރު ހަމަލާ ދިނުމަށް ނަތަންޔާހޫ ވައުދު ވެއްޖެ

އިޒްރޭލްގެ ހައްދު ފަހަނައަޅާފައިވާ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

ރޯދަމަހާއި ދިމާކޮށް އިޒްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތައް އިތުރު ކުރުމަށް އިޒްރޭލްގެ ހައްދު ފަހަނައަޅާފައިވާ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވެއްޖެއެވެ.

ގާޒާ ބޯޑަރު ސަރަހައްދުގައި ފަލަސްތީނުގެ ސިފައިންނަށް އަމާޒުކޮށް އިޒްރޭލްގެ އަނިޔާވެރި ސިފައިން ދިން ވައިގެ ހަމަލާތަކެއްގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. އިޒްރޭލް ސިފައިން ޝަހީދުކޮށްލި މީހުންގެ ތެރޭގައި ކުޑަކުއްޖަކާއި އެކުއްޖާގެ މާބަނޑު މަންމަވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުން ޣައްޒާ އަށް ހަމަލާދޭން ފެށީ ޣައްޒާގެ ތެރެއިން 300 އަށް ވުރެން ގިނަ ރޮކެޓް މިއަދު އިސްރާއީލަށް އަމާޒުކޮށް ފޮނުވާލިކަމަށް ބުނެއެވެ. އިސްރާއީލުގެ ސިފައިންގެ ތަރުޖަމާނު ބުނީ އިސްރާއީލަށް 300 އަށް ވުރެން ގިނަ ރޮކެޓް ހަމަލާ އަމާޒުވިއިރު ގިނަ ރޮކެޓް ވަނީ އިސްރާއީލަށް ވެއްޓުމުގެ ކުރިން ގޮއްވާލާފަ ކަމަށެވެ.

އިޒްރޭލުން ވަނީ ޣައްޒާގެ 120 އަށްވުރެ ގިނަ ތަނަކަށް ވައިގެ މަގުން ހަމަލާ ދީފައެވެ. ކޮންމެ ފަހަރަކުވެސް ފަލަސްތީނުގެ ސިފައިންނަށް އަމާޒުކޮށްދޭ ހަމަލާތަކެއް ކަމަށް ބުނެ، އިޒްރޭލްގެ ޔަހޫދީ ސިފައިން ދޭ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޢޭ 05 މެއި 2019 - 18:13

    މާފުއްޕާލައިން އުޅެންޔާ ފަޅައިގެންހިގައިދާނެ

ގުޅުން ހުރި
Loading...