ރޯދަމަހާއި ދިމާކޮށް އިޒްރޭލްގެ ހަމަލާތަކެއް ގައްޒާއަށް

ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް އިޒްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތައް މިއަހަރުވެސް ތަކުރާރު ކުރަން ފަށައިފިއެވެ.

ގާޒާ ބޯޑަރު ސަރަހައްދުގައި ފަލަސްތީނުގެ ސިފައިންނަށް އަމާޒުކޮށް އިޒްރޭލްގެ އަނިޔާވެރި ސިފައިން ދިން ވައިގެ ހަމަލާތަކެއްގައި ފަލަސްތީނުގެ ހަ މީހުން ޝަހީދުކޮށްލާފައިވެެެއެވެ. އެމީހުންގެ ތެރޭގައި ކުޑަކުއްޖަކާ އެކުއްޖާގެ މާބަނޑު މަންމަވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުން ޣައްޒާ އަށް ހަމަލާދޭން ފެށީ ޣައްޒާގެ ތެރެއިން 300 އަށް ވުރެން ގިނަ ރޮކެޓް މިއަދު އިސްރާއީލަށް އަމާޒުކޮށް ފޮނުވާލިކަމަށް ބުނެއެވެ. އިސްރާއީލުގެ ސިފައިންގެ ތަރުޖަމާނު ބުނީ އިސްރާއީލަށް 300 އަށް ވުރެން ގިނަ ރޮކެޓް ހަމަލާ އަމާޒުވިއިރު ގިނަ ރޮކެޓް ވަނީ އިސްރާއީލަށް ވެއްޓުމުގެ ކުރިން ގޮއްވާލާފަ ކަމަށެވެ.

އިޒްރޭލުން ވަނީ ޣައްޒާގެ 120 ތަނަކަށް ވައިގެ މަގުން ހަމަލާ ދީފައެވެ. ކޮންމެ ފަހަރަކުވެސް ފަލަސްތީނުގެ ސިފައިންނަށް އަމާޒުކޮށްދޭ ހަމަލާތަކެއް ކަމަށް ބުނެ، އިޒްރޭލްގެ ޔަހޫދީ ސިފައިން ދޭ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...