ތޫފާނާއި ގުޅިގެން ބަންގްލަދޭޝްގެ އެއްހާސް މީހުންގެ ގެދޮރު ގެއްލިއްޖެ

ބަންގްލަދޭޝްއަށް ތޫފާން ފަނީ އެރުމާއި ގުޅިގެން އެއްހާސް މީހުންގެ ގެދޮރު ގެެއްލިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ތޫފާން ފަނީ ވަނީ އިންޑިއާއަށްވެސް އަރާފައެވެ. އޮޑީޝާއަށް އެރި ތޫފާނުގައި އެސްޓޭޓުން 16 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ. އަދި އޭގެ ފަހުން ބަންގުލަދޭޝްއަށް އަރަމުންދާ އެ ތޫފާނުގައި 12 މީހުން މަރުވެފައިވެއެވެ.

އަދި 63 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ތޫފާނާއި ގުޅިގެން ބަންގްލަދޭޝްގެ އެއް މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، އެގައުމުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނީ، ތޫފާން ފަނީގެ ބާރު އިތުރަށް ގަދަވެގެން ހިނގައިދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިންވެސް ވަނީ ސައިކްލޯން ފަނީ ބަންގުލަދޭޝްއަށް އެރި އިރު އޭގެ ބާރު ދަށްވެފައިވާ ކަމަށް ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...