ރޯދަމަހުގައި އެންމެ މުހިންމީ ކެއްކުންތަ؟

ރޯދަމަހަކީ ހުރިހާ މުސްލިމުން ދުވާލުގެ ވަގުތުތަކުގައި ކެއުމުން މަހުރޫމްވެގެން ތިބޭ މައްސަރަކަށް ވުމާއެކު، އެމަހުގައި ކެއިންބުއިމުގެ ކަންކަމަށް ޚާއްސަ އިސްކަމެއް ދެވެއެވެ.

އެހެންކަމުން، އަންހެންވެރިން އެންމެ ބޮޑު ސަމާލުކަމެއް ދެނީ މީރު ކާތަކެތިން ގޭގެ ސުފުރާމަތި ތަނަވަސް ކުރުމަށެވެ. އެކި ބާވަތްތަކުގެ ނަންތައް ކިޔާ، ތަފާތު ރަހަތަކެއްދޭ ކާއެއްޗެހި ރޯދަމަހުގައި ގޭގެ ކާމޭޒު ފަޅުފިލުވާލަދެއެވެ.

ދަންނަވަން މިއުޅެނީ ރޯދަމަހު މީރު ކާއެއްޗެހި ތައްޔާރު ކުރުމަކީ ގޯސް ކަމެކޭއެއް ނޫނެވެ. އެހެންނަމަވެސް އެކަމުގައި މުޅި ދުވަސް ހޭދަކޮށްލަނީ ތިޔައިގެ ތެރެއިން ކިތައް އަންހެން ބޭފުޅުންތޯއެވެ؟ ހޭލައިގެން ބަދިގެއަށް ވަންނަ ގޮތަށް ރޯދަ ވީއްލާ ވަގުތު ޖެހެންދެން އަވަދިނެތި ކެއްކުމުގައި ވަގުތުތައް ހޭދަ ކުރުމުން ރޯދައިގެ މަޤްސަދު ހާސިލްވާނެތޯއެވެ؟

ރޯދައަށްހުރެ ކުރާ އެހެން އަޅުތަކުގެ ސަބަބުން އެހެނިހެން މަސްމަހަށްވުރެ އިތުރަށް ސަވާބު ލިބޭއިރު، ރޯދަމަހުގައި ކެއްކުމަށް އެހާ ގިނަ ވަގުތު ހޭދަ ނުކޮށް އަޅުކަމަށް ވަގުތު ދިނުމަކީ މާ މުހިންމު ކަމެއް ނޫންތޯއެވެ؟ ގިނަ ފަހަރަށް ގޭގައި އެތައް ބާވަތެއްގެ ކާނާ ތައްޔާރު ކުރި ނަމަވެސް، ގިނަ އެއްޗެހި ހުންނަނީ އުކާލަންޖެހޭ ވަރަށް ގިނަވެފައެވެ. ރަމަޟާން މަސްފަދަ މާތް މައްސަރެއްގައި އިސްރާފު ކުރުން ވާނީ ކޮންކަހަލަ ކަމަކަށްތޯއެވެ؟ އިސްރާފް ކުރުމަކީ މާތްﷲ ރުހިވޮޑިގެންވާ އަމަލެއް ނޫނެވެ.

އެހެންކަމުން، ތަފާތު ނަންނަން ކިޔާ ކާތަކެތި ތައްޔާރު ކުރަން ހުރިހާ ވަގުތެއް ހޭދަކުރުމުގެ ބަދަލުގައި ނަމާދުކޮށް، ޤުރުއާން ކިޔަވާލަން ވަގުތު ހޭދަ ކުރުމަކީ މުހިންމު ކަމަކަށް ވާނެކަން ޔަގީނެވެ. ރޯދައިގެ ހަޤީޤީ މަގްސަދު ހާސިލްވާނީވެސް އޭރުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...