ވެލެންސިއާގެ ސަޕޯޓަރުންގެ އަމަލުތައް އާސެނަލްއިން ކުށްވެރިކޮށްފި

ވެލެންސިއާގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ އަމަލުތައް އާސެނަލުން ކުށްވެރިކޮށްފިއެވެ.

ޔޫރޮޕާ ލީގުގައި އިއްޔެ ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ވެލެންސިއާގެ ސަޕޯޓަރުން އާސެނަލްގެ ކުޅުންތެރިންނަށް އަމާޒުކޮށް ޖެއްސި ވައްތަރު ތަކަކީ ވަކި ނަސްލަކަށް ނިސްބަތްވީތީ ޖެއްސި ވައްތަރުތަކެއް ކަމަށް އާސެނަލް އިން ވަނީ ބުނެފައެވެ.

އިއްޔެ އާއްމުވި ވީޑިއޯއަކުން ނާޒީގެ ސެލިއުޓް އާއި ރާމާމަކުނު ޖައްސާ ވައްތަރުތައް ވެލެންސިއާގެ ސަޕޯޓަރުން ޖައްސާ މަންޒަރު ވަނީ އާއްމުވެފައެވެ. އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރި ނަމަވެސް މެޓްރޮޕޮލިޓަންގެ ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ނަސްލީ ތަފާތު ކުރުމުގެ ކޮމެންޓްތަކާއި އަމަލުތަކުން މީގެ ކުރިންވެސް ފުޓްބޯޅައިގެ އެކި ޓީމުތަކުގެ ސަޕޯޓަރުން ވަނީ ދަނޑަށް ނުވަދެވޭ ގޮތަށް ހަދާފައެވެ. އަދި އެފަދަ އަމަލުތަކަކީ އެއްވެސް ކުޅިވަރެއްގައި ގަބޫލު ކުރާނެ އަމަލުތަކެއް ނޫން ކަމަށް ފުޓްބޯޅައިގެ އިސް ފަރާތްތަކުން ދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...