ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރާނަން: ޕްރޮގްރެސިވް ކޮންގްރެސް

ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްއާއި ކޮންގްރެސްޕާޓީއިން ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަހާއި ގުޅިގެން ބަޔާންތައް ނެރެފައިވާއިރު، ޕީޕިއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިންނަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމުގައި އަބަދުވެސް ދެކޭ ކަމަށާއި ހަމަހަމަ ފުރުސަތުތައް ކަށަވަރުކޮށްދޭނެ ކަމަށެވެ. އަދި ނޫސްވެރިންނަށް އިންސާފުވެރިކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމަކީ އެޕާޓީން އިސްކަމެއް ދޭ ކަމެއް ކަމަށާއި ތަފާތު ކުރުމެއް ނެތި ހުރިހާ ނުސްވެރިންނަށްވެސް އެ ޕާޓިން އެއްބާރުލުން ދޭނެ ކަަމަށްވެސް ޕީޕީއެމުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖެ ކުރިއަށް ޖެހިލާފައިވާއިރު އެކަން އެގޮތުގައި ދެމެހެއްޓުމަށް މިއަދުގެ ސަރުކާރުން މަސައްކަތް ކުރޭތޯ ފާރަވެރިވާނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ޕީޕީއެމުން އެފަދައިން ބުނެފައިވާއިރު ކޯލިޝަނުގައި ހިމެނޭ ދެވަނަ ޕާޓީ ކޮންގްރެސް ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިންނަކީ ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށާއި ޒިންމާދާރު ކަމާއެކު ހުރިހާ ނޫސްވެރިން ކުރިއަށްދިއުމަށް ހިތްވަރުދޭކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ޑިމޮކްރަސީ ނިޒާމް ފުރިހަމަ ކުރުމަށް ނޫސްވެރިންނަކީ މުހިންމު ބައެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ޙައްގު ހެޔޮ ގޮތުގައި ހިފުމަށް ހުިރހާ ނޫސްވެރިންނަށް ގޮވާލާކަމަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޮލީޝަނުން ވަނީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހުގެ މަރުހަބާއާއި ތަހުނިޔާ އެންމެހާ ނުސްވެރިންނަށް އަރިސްކޮށްފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...