ރައްޔިތުންގެ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުން ލައްވާ ސަލާން ޖައްސުވަނީ؟

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ނިމި ދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަދި އޭރުގެ ކޯލިޝަން ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ޞޯލިހު އެންމެ ހަރު އަޑުފުޅުން ވިދާޅުވަމުން ގެންދެވީ ދިވެހިންގެ ވެރިކަން ދިވެހިންނަށް އަނބުރާ ހޯއްދަވާ ދެއްވާނެ ކަމަށެވެ.

ދިވެހިން އޭރު ތިބީ ފިއްތުން ތަކެއްގެ ތެރޭގައި ކަމަށާއި އެ ތޭރިތަކުގެ ތެރެއިން ދިވެހިން މިނިވަން ޖައްވަކަށް ނެރެދެއްވާނެ ކަމަށެވެ. އެ ހުވަފެނުގައި ތިބި ގިނަ ދިވެހިންގެ ތާއީދާއެކު ރައީސް ސޯލިހު ވެރިކަމަށް ހޮވިވަޑައިގެންނެވިއެވެ.

ނަމަވެސް ވެރިކަމަށް ހޮވިވަޑައިގެންނެވުމާއެކު ރައީސް ޞޯލިހުގެ ވައުދުފުޅުތައް އޮޅިފައިވާ ސާއްޔަކަށް ވެގެން ދިޔައެވެ. އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވެވަޑައިގެންނެވި އެއްވެސް ވައުދުފުޅެއްގެ މަތިން ހަނދުމަފުޅެއް ނެތް ކަހަލައެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އަޑު އިވުނު ފަދައިން ސިކުނޑީގައި އުނިކަމެއް ހުރުމުން ކަމަށްވެސް ވެދާނެއެވެ.

ކޮންމެ އަކަސް ވެރިކަން ލިބިވަޑައިގެންނެވުމާއެކު ރައީސް ޞޯލިހުގެ ވައުދުފުޅުތަށް ވެފައިވަނީ ކަދުރު ރުކަކަށް އެރި މީހާ ނަދުރަށެވެ. ދިވެހި ރައްޔިތުންނަށް ކޮށްދެއްވަން ވިދާޅުވި އެއްވެސް ކަމެއް ވެރިކަމަށް 5 މަސް ވެގެން ދިޔައިރުވެސް ކޮށްދެއްވާފައިނުވާކަމަށް ގިނަ ރައްޔިތުން ބުނަމުން ގެންދެއެވެ. ވެރިކަމަށް ވަޑައިގެން ދިވެހިންނަށް ދިވެހިންގެ ވެރިކަން ހޯއްދަވާ ދެއްވާނެ ކަމަށާ އެއްވެސް ކަމަކަށް ދިވެހި ސަރުކާރުގައި ދިވެހި ރައްޔިތުން ސަލާން ޖަހަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ފެންނަ މަންޒަރުތައް ވަރަށް ތަފާތެވެ. ކޮންމެ ކަމެއްގައިވެސް ނިކަމެތި ރައްޔިތު މީހާ ސަރުކާރު ފައިބުޑަށް ވެއްޓި ސަލާން ޖަހަން ޖެހޭ އުޞޫލު އަނބުރާ މި ރާއްޖޭގައި އިޔާދަވާން ފެށި މަންޒަރު ފެންނަން ފަށައިފިއެވެ. ނިމި ދިޔަ ފަސް އަހަރުގައި ދިވެހި ރައްޔިތުން މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުގެ އަސަރު ފަނޑުވާން ފެށި މަންޒަރު ވެސް ފެންނަން ފަށައިފިއެވެ.

ރައްޔިތު މީހާ ޕިކްނިކް ދަތުރެއް ދާން ބޭނުން ވިޔަސް އަދި އާއިލާއެކު މަޖާ ކޮށްލަން މަސް ދަތުރެއް ދާން ބޭނުންވިޔަސް ސަރުކާރުގައި އާދޭސް ދަންނަވަން ޖެހޭ ދުވަސްވަރަކަށް މިދުވަސްވަރު ވެއްޖެއެވެ. ވަޒީފާ ނެތި ތިބޭ މީހުންނަށް އާމްދަނީ އެއް ދެއްވާނެ ކަމަށް އެޖެންޑާ 19ގެ ދަށުން ބުނަމުން ގެންދާއިރު މިވެސް ރައްޔިތުމީހާ އަޅުވެތި ކުރުމަށް ބޭނުންކުރަމުންދާ އުކުޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ.

އަދި ވަޒީފާނެތި އާމްދަނީ ލިބޭ ނަމަ ޤައުމުގައި ހަރުދަނާ ޒިންމާދާރު ބަޔަކު ބިނާ ކުރުމަށް ހުރަސްތަކެއް އެޅިގެން ދާނެ ކަމަށް ބުނަމުން ގެންދެއެވެ. އަދި މިކަންކަމަކީ ރައްޔިތު މީހާ ސަރުކާރުގެ ފައިބުޑަށް ވައްޓާލާ އާދޭސް ކުރުވަން ކުރާ ކަންތައްތައްކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކަން މިހެން އޮތްއިރު ދިވެހިންގެ ވެރިކަން ދިވެހިންނަށް ހޯއްދަވާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ސަރުކާރުން މިއަދު ރައްޔިތުން އަޅުދާސް ކުރަން މަސައްކަތް ކުރަނީ ކީއްވެބާ؟ އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯ، އެޖެންޑާ 19ގެ ފޮރުވިފާ އެޖެންޑާގެ ސިއްރަކީ މިއީބާ؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...