އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޕީޕީއެމުން ދަނީ ތައްޔާރު ވަމުން: ލަޔާލް

ފޮޓޯ: ސަން އޮންލައިން

ޕީޕީއެމްގެ އަމާޒަކީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތީޚާބު ކާމިޔާބު ކުރުން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އައިމިނަތު ލަޔާލް މަނިކު ވިދާޅުވެއްޖެ އެވެ.

ޗެނަލް13 އަށް މަޢުލޫމާތު ދެއްވަމުން ލަޔާލް ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅާއި ފިކުރާއެކު ޕީޕީއެމް އަށް ފާގަތި މުސްތަގުބަލެއް ފެންނާނެ ކަމުގެ އުއްމީދު އޮތް ކަމަށާއި އެ ޕާޓިއަށް އަލަށް އައްޔަން ކުރެވުނު ނައިބުރައީސުންނާއެކު ޕާޓީ ހަރުދަނާ ވަމުން އަންނަ މަންޒަރު މިހާރުވެސް ފެންނަމުން ދާކަމަށެވެ.

ލަޔާލް އިތުރަށް ވިދާޅުވީ ޕީޕީއެމްއަކީ ޑިމޮކްރަސީގެ ހަރުދަނާ އުސޫލުގެ ތެރެއިން މަސައްކަތް ކުރާ ޕާޓިއެއް ކަމަށާއި އެޕާޓީން މަސައްކަތް ކުރަމުން ގެންދަނީ ރައީސް ޔާމީންގެ ފިކުރު މުޅި ޤައުމުގައި ފަތުރާލުމަށް ކަމަށެވެ. އަދި އޭނާ ޑެޕިއުޓީ އެސްޖީގެ މަގާމުގައި ހުރެގެން ޕީޕީއެމް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށްވެސް ލަޔާލް ވިދާޅުވިއެވެ.

ލަޔާލް އެފަދައިން ވިދާޅުވެފައިވާއިރު ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފައެވެ.

ލަޔާލް އަކީ މި ފަހަކަށް އައިސް ސިޔާސީ ދާއިރާގައި ފައިތިލަ ސާބިތު ކުރި ހީވާގި ކަނބަލެއް ކަމަށާއި ގިނަ ގޮންޖެހުންތަކާ އެކުވެސް ސިޔާސީ ދާއިރާގެ އެންމެ ފުންނާބު އުސް ބޭފުޅުންނާ އެއް ހަމައެއްގައި ފާހަގަކޮށްލެވޭ ޒުވާނުންގެ ތެރޭގައި ލަޔާލްގެ ނަން ފާހަގަކޮށްލެވޭކަމަށް ސިޔާސީ އެތައް ބޭފުޅުން ގެންދަނީ ބުނަމުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...